ދުނިޔެ

ސިއެރ ލިއޯންގެ ވެރިރަށުގައި ތެޔޮ ޓޭންކަރެއް ގޮވައި ގިނަ ބަޔަކު މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
Burnt collided trucks are pictured after a fuel tanker explosion in Freetown, Sierra Leone November 6, 2021. National Disaster Management Agency-Sierra Leone/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY. NO RESALES. NO ARCHIVES.

ސިއެރަލިއޯންގެ ވެރިރަށް , ފްރީޓައުންގައި ތެޔޮ ޓޭންކަރެއްގައި ވެހިކަލެއް ޖެހި އެކްސިޑެންޓުވުމުގެ ސަބަބުން އެ ޓޭންކަރު ގޮވައި 99 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.

Ads by WAMCO

މިހާދިސާގައި 99 މީހުން މަރުވެފައިވާ އިރު ޒަހަމްވުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު 100އަށް ވުރެ މަތިކަމަށް އެގައުމުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރ އަމާރާ ޖަމްބައި ވަނީ ވިދާޅުވެފައެވެ.

ހާދިސާ ހިނގި ވަގުތު ފިހުނު ގިނަ އަދަދެއްގެ މީހުން މަގުމަތީ ވެއްޓިފައި ވަނިކޮށް ޝޯޝަލް މީޑިޔާގައި ދައުރުވަމުން ދާ ފޮޓޯތަކުން ފެންނައިރު މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުން އަންދާޒާ ކޮށްލަން ވެސް ނޭނގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ތެޔޮ ޓޭންކަރު ގޮވި ވަގުތު އަރައިގެން ދިޔަ އަލިފާންގަނޑު ފެނުނީ ބިރުވެރިކޮށް ކަމަށް މަންޒަރު ފެނުން ފަރާތްތަކުން ބުނެފައިވެއެވެ.

މިހާދިސާ އެކު އެ ސިޓީގެ ހޮސްޕިޓަލުތައް ވަނީ ވަގުތުން އެލާޓަށް ގެނެސްފައެވެ. އަދި ފިހުމުގެ ސަބަބުން މަރުވެފައިވާ ގިނަ ބައެއް ހަށިތައް ހޮސްޕިޓަލުތަކަށް ވަނީ ގެންގޮސްފައެވެ. މިހާދިސާގެ ސަބަބުން މިހާ ގިނަބަޔަކު މަރުވެ އަދި އަނިޔާވެފައި ވަނީ އެ ވަގުތަކީ މަގުތަކުގައި ކާރޫބާރޫ ބޮޑު ވަގުތަކަށް ވުމުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.  އަދި ގިނަ ބަޔަކު މަރުވެފައި ވަނީ އެމީހުން ތިބި ކާރުތަކުގެ ތެރޭގައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!