ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރު ކުރުމަށް 4 މީހަކު ހޯދަނީ

ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވާ 4 މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައި ނުވާ ހަތަރު މީހުން ބަންދުގައި ބައިތިއްބައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދާ 4 މީހުންނަކީ ނ. ހޮޅުދޫ / ޕިންކްރޯޒް، އުމުރުން 41 އަހަރުގެ އަޙުމަދު ޢަރީފް އާއި ކ. މާލެ / މއ. ބިންމާވިލާ، އުމުރުން 52 އަހަރުގެ އިސްމާޢީލް ވަޙީދު އާއި ހއ. ތަކަންދޫ / އާފެހި، އުމުރުން 27 އަހަރުގެ މުޙައްމަދު މިދުހަތުއާއި ޏ. ފުވައްމުލައް/ ލޭޒާ، އުމުރުން 26 އަހަރުގެ އާލިފް އަޙްމަދެވެ.
ފުލުހުން ވިދާޅުވީ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.