ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ގޮފިތައް އުވާލައި ގާނޫނަށް އިސްލާހު ހުށައެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
އައްޑު އަތޮޅު ހުޅުމީދޫގައި ހުންނަ ހައިކޯޓު ދެކުނު ގޮފި އަދި ހދ. ކުޅުދުއްފުށީގައި ހުންނަ ހައިކޯޓު އުތުރު ގޮފި އުވއިލާން، ސަރުކާރުގެ ފަރާތުން ހުށަހެޅީ އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށެވެ. އޭޖީގެ މި ހުށަހެޅުން ރައީސް އޮފީހުން މަޖިލީހަށް ހުށަހަޅައި ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުން ހައިކޯޓުގެ އުތުރު އަދި ދެކުނު ގޮފި އުވޭނެއެވެ.
އޭޖީ އޮފީހުން ރައީސް އޮފީހަށް މިއަދު ފޮނުވި އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކޯޓުތަކުގެ ގާނޫނުގައި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް އިތުރު އިސްލާހުތައް ގެނައުމަށް ހިމަނައިފައެވެ.
އެޓާރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް ފޮނުވައިފައިވާ ބިލުތަކަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލާއި ފެނާއި ނަރުދަމާގެ ޤާނޫނަށް އިިޞްލާޙު ގެނައުމުގެ ބިލާއި ކޯޓުތަކުގެ ޤާނޫނަށް އިިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން ފަނޑިޔާރުންގެ ޤާނޫނަށް އިިޞްލާޙު ގެނައުމުގެ ބިލެވެ
 
 
  
                                                     
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
