ދަތި ދުވަސްވަރެއްގައި މި ސަރުކާރުން ބޮޑު ކާމިޔާބީއެއް ހޯދައިފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް މިއަދު ތިން އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ 3 އަހަރަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއަށާއި އެމްޑީޕީ އަދި ސަރުކާރަށް މަރުހަބާ ވިދާޅުވާކަމަށެވެ. އަދި “ވަރަށް ދަތި އުނގަދޫ ދުވަސްތަކެއްގައި ސަރުކާރުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި” ނަޝީދު ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ސަރުކާރަށް މިއަދު 3 އަހަރު ފުރިފައިވާއިރު، ވޭތުވެދިޔަ ތިން އަހަރު މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ، އަދި ކުރިއަށް އޮތްތާ ދެމުން ގެންދާނީ ވަކި ފަރުދެއް، އަދި ވަކި ރަށެއް ފަރަގުނުކޮށް، ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް ހަމަހަމަކަމާ އެކު ފޯރުކޮށްދީ، އިޖުތިމާޢީ އިންސާފު ޤާއިމުކުރުމަށް ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ރައީސް ސާލިހުގެ ވެރިކަމުގެ ހުވާ ކުރެއްވީ 2018ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17ވަނަ ދުވަހުއެވެ.
ޔާމީނު ސަރުކާރުން ފަންޑުހޯދާ ފަށާ %80 ޕަސެންޓް ނިންމާފައިހުރި މާސިންގާ ޕޮރުޖެކުޓުތަށްވެސް ވޭތުވެދިއަ ތިންއަހަރު ތެރޭގައިވެސް އެ …. 19 ސަރުކާރަށް ނިންމާނުލެވުނު ވަރަށް ވރަށްސާފް