ޚަބަރު ސަރުކާރު

ދީނީކަންކަމަށް ސަރުކާރުންދޭ އަހަމިއްޔަތުކަން ކުޑަކަމަށް ކައުންސިލްތަކުން ފާހަގަ ކުރޭ: އިސްލާމިކް މިނިސްޓަރ

ދެން އެމްވީ ، ދެން އޮންލައިން

މިސްކިތްތައް އިމާރާތްކުރުމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ނުފެށި ލަސްވަމުން ދިޔުމުގެ ސަބަބުން މިސްކިތްތައް އިމާރާތް ކުރުމާއި ދީނީ ކަންތައްތަކަށް ސަރުކާރުންދޭ އަހަމިއްޔަތުކަން ކުޑަކަމަށް ކައުންސިލްތަކުން ފާހަގަކުރައްވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަހުމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ރައީސް ޞާލިޙަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގެ ކޮޕީއެއް "ދެން"އަށް ވަނީ ލިބިފައެވެ.

މިނިސްޓަރ ފޮނުއްވި ސިޓީގައި ވިދާޅުވީ ޕީއެސްއައިޕީގެ މަޝްރޫޢުގެ ދަށުން 2022ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އަލަށް ފެށުމަށް ހަމަޖެހިފައިވާ 11 މަޝްރޫޢެއް ނިއު ޕޮލިސީ ބަޖެޓްގައި ހިމަނައި އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފައިވާ ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިރު ބަޖެޓްގައި ހިމެނީ އެންމެ މަޝްރޫޢެއް ކަމަށް ވިދާޅުވިއެވެ. އަދި 2020ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ބަޖެޓް އުނިކޮށްފައިވާ ކަމަށާއި 2021ގެ ޕީއެސްއައިޕީ ބަޖެޓްގެ ތެރެއިން ޓެންޑަރިން ނިމިފައި ވަނީ އެންމެ މަޝްރޫޢެއް ކަމަށް ވެސް މިނިސްޓަރ އަހުމަދު ޒާހިރު ފާހަގަ ކުރައްވައިފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ އެހެނިހެން ދާއިރާތަކަށް ކުރާ ޚަރަދަށް ވުރެ ދީނީ ކަންތައްތަކަށް ކުރާ ޚަރަދު ކުޑަކަން ފާހަގަކޮށް ކައުންސިލްތަކުންނާއި އާންމު ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ޕީއެސްއައިޕީގެ އެއްވެސް މަޝްރޫޢެއް އުނި ނުކުރައްވައި ބަޖެޓްގައި ހިމަނައިދެއްވުމަށް ވެސް މިނިސްޓަރ ވަނީ ރައީސް ޞާލިޙްގެ އަރިހުން އެދިވަޑައިގެންފައެވެ.

  1. އިއްބެ

    ނުކިޔަވައިތިބިތަޖުވީދުނުދަންނަމީހުނަށްމުދިންކަންދިނީދީންހަލާކުކޮއްލަން

  2. ބުލްބުލް

    ސަރުކާރުން ތިވަރު ކުރާއިރުވެސް މަޤާމުގެ ދަހިވެތި ކަމުގައި ތިހުންނަނީ އަނގައިން ޗުއްޕެލޭވެސް ނުބުނެ. ގަޓު ހުރިއްޔާ ފާޅުގައި ތިޔަށްވުރެ ބޮޑަށް ތިކަމާއި ނުރުހުން ފާޅުކޮށްބަލަ.
    ޑރ ބޭނުންވަނީތަ އިސްލާމް ދީން އެ ބައިގަނޑު ބޭނުންހާ ގޮތަކަށް މޮޑެންދޭން.
    ކަންކަން ގޯސްވާއިރުވެސް ތި ހުންނަނީ އޭ.

  3. ކޮބާ

    ހީވެއްޖެ ސީދާ އިސްލާމިކު މިނިސޓުރީ ވެސް މި އޮތީ، މި ސަރުކާރުން ދީނީކަންކަމަށް ދޭ އަހުމިއްޔަތެއް ނެތކަން ހާމަ ކޮށްފާ، މިވާހަކަ އަކީ އިދިކޮޅުން ސިޔާސީކޮށްގެން ދައްކާވާހަކައެއް ނޫންކަން މިހާރު ޔަގީންވެ ކަށަވަރު ވެއްޖެ، އަސްލު މި ސަރުކާރަކީ ވަރަށް ވެސް ދީނަށް ރުޅި އަރާ ބައެއް އުޅޭ ސަރުކާރެއް.

    • ށަވިޔަނި

      މިނިސްޓަރު އަމިއްލައަށް ޤަބޫލް ކުރާގޮތް ސިޓީގައި ލިއުއްވިނަމަ ރަނގަޅެއްނު