ޑްރަގުގެ ދައުވާއިން ސަލާމަތްވި މައްސަލަ: ޕީޖީ ރައްދު ދެއްވީ އަރަބި ހަރު ބަހަކުން

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގއ. ދާންދޫ، މިސްކިތްމަގުގެ، އިބްރާހިމް މުހައްމަދުގެ ސައިކަލާއި އޭނާގެ ގެ ބަލައި ފާސްކޮށް ، ނެގި ތަކެތީގެ ލިސްޓު ފުލުހުން، އިބްރާހިމް މުހައްމަދަށް ނުދިނުމުން ޑައިމޯފިން ޓްރެފިކިންގެ ދައުވާއިން ސަލާމަތްވި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އަރަބި ހަރުބަހަކުން ރައްދު ދެއްވައިފިއެވެ.
މިކަމާ ބެހޭ ހަބަރެއްގެ ލިންކަކާ އެކު ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ އިޖުރާއާތުގައި ހުންނަނީ ރަނގަޅުކުރެވޭ ކަންކަމާއި، ރަނގަޅު ނުކުރެވޭ ކަންކަން ކަމަށެވެ. އަދި މުޅި މައްސަލައިގެ މައުޟޫޢަށް އަސަރު ނުކުރާ (ޑްރަގް ފެނުނުކަމާ މެދު ސުވާލެއް ނެތް ނަމަ) އެއީ ބަލައިގަނެވޭނެ ކަމެއްކަމަށް ސުޕްރީމް ކޯޓުން ނިންމައިފައިވާ ކަމަށާއި ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ވެސް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިިތުރުން ޕީޖީ ޝަމީމް ވަނީ އަރަބި ހަރުބަހަކުން މިކަމަށް ރައްދު ދެއްވައިފައެވެ.
"ޢަރަބި ބަހުގެ ހަރުބަހެއްގައި އޮވެއެވެ. ސަބަބު އެނގުމުން ޙައިރާންކަން ފިލައިދެއެވެ." ޕީޖީ ޝަމީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
މިމައްސައިގައި ގާތްގަނޑަކަށް 135 ގްރާމްގެ މަސްތުވާތަކެތި ހޯދައިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ދިރިއުޅުނު ގެއިން މަސްތުވާތަކެތި ޕެކް ކުރާ ސާމާނު ވެސް ފެނިފައިވާކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.
ތަޙްޤީގެއްގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކެއް ހުންނަކާން އެނގިވަޑައިގެން އެކަނަކަން ގޯސްނަމަ ރަނގަޅުކުރެްްވަން މަސައްކަތްކުރެއްވުން މާރަނގަޅުވާނެ. ދޯހަޅި ކަންކަމުގެ ސަބަބުން ބީވެގެންދާ މައްސަލަތައް މިހުންނަނީ. މުއްތަޙަމަށް ލިބިދޭ ޤާނޫނީ ދިފާޢަކީ އޭނާގެވެސް ޙައްޤެއް. ލޫޕްހޯލްތައް ނުހުންނަގޮތަށް ތަޙްގިގް ވަށާޖެއްސުމަކީ ތަޙްގީގް ކުރާފަރާތުގެ ޒިންމާއެއް.