އޭޝިއާ ދުނިޔެ

ދުނިޔޭގެ އެންމެ "ޕޮލިއުޓެޑް" 100 ސިޓީގެ ތެރެއިން 94 ސިޓީއަކީ ޗައިނާ، އިންޑިއާ އަދި ޕާކިސްތާނުގެ ސިޓީތައް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދުނިޔޭގެ އެންމެ "ޕޮލިއުޓެޑް" ނުވަތަ ޖައްވު ނުސާފު 100 ސިޓީގެ ތެރެއިން 94 ސިޓީއަކީ ޗައިނާ، އިންޑިއާ އަދި ޕާކިސްތާނުގެ ސިޓީތަކަކަށް ވެއްޖެއެވެ.

Ads by WAMCO

ޖައްވު ނުސާފުވެ ކޮންމެ އަހަރަކު ވެސް އިންޑިއާގެ ނިއުދިއްލީގެ އޮފީސްތަކާއި ސުކޫލުތައް ވެސް ބަންދުކުރަން ޖެހޭއިރު އެންމެ ޖައްވު ނުސާފު 100 ސިޓީގެ ތެރެއިން 46 ސިޓީއަކީ އިންޑިއާގެ ސިޓީތަކެވެ.

2020 ވަނަ އަހަރުގެ ޖައްވު ނުސާފު 100 ސިޓީގެ ތެރޭގައި ހިމެނިފައިވަނީ އިންޑިއާގެ 46 ސިޓީއަކާއި ޗައިނާގެ 42 ސިޓީއަކާއި ޕާކިސްތާނުގެ 6 ސިޓީ އަކާއި ބަނގްލަދޭޝްގެ 4 ސިޓީއެއްގެ އިތުރުން ތައިލެންޑްގެ ސިޓީއަކާއި އިންޑޮނޭޝިއާގެ ސިޓީއެކެވެ.

2019ވަނަ އަހަރު ނުސާފު ވައިގެ ސަބަބުން އިންޑިއާގައި 1.67 މިލިއަން މީހުން މަރުވެފައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ. އިންޑިއާގެ ޕޮލިއުޝަން ރޭޓް އަހަރުން އަހަރަށް މައްޗަށް ދާ މިންވަރަކީ ނުރައްކާތެރި މިންވަރެއްކަމަށް ކަމާ ބެހޭ މާހިރުން ދަނީ ބުނަމުންނެވެ.

ޖައްވަށް ދޫކުރަ ވިހަ ގޭސްތަކާ ހެދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކަށް އެކިއެކި މޫސުމީ ބަދަލުތަކާއި ހާދިސާތަކާއި ދަނީ ކުރިމަތި ވަމުންނެވެ. އަދި މިކަންކަމާ މެދު މަޝްވަރާކޮށް މިކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރާނެ ގޮތްތަކެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ގިނަ ގައުމުތަކުން ދަނީ ވެށި ހިމާޔަތް ކުރުމަށް އެކިއެކި މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!