މާލޭގެ ގެއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
މާލޭގެ ގެއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހެންވޭރު ގެޔަކުން މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު 14:30ހައިއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 83 އަހަރުގެ މީހެއް ކަމަށާއި އެމީހާގެ ހަށިގަނޑު އައިޖީއެމް ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
Ads by Allied Insurance