ހިނގާލުމެއްގެ ތެރެއަށް ކާރެއް ބާރު ދުވެލީގައި ވައްދާލުމުގެ ސަބަބުން 5 މީހުން މަރުވެއްޖެ

އެމެރިކާގެ ވާކީޝާގެ ވިސްކޮސިން ސްޓޭޓްގައި ކުރިއަށް ގެންދިޔަ ކްރިސްމަސް ޕެރޭޑެއްގެ ތެރެއަށް ބާރު ދުވެލީގައި ކާރެއް ވައްދާލުމުގެ ސަބަބުން 5 މީހުން މަރުވެ 40އަށް ވުރެ ގިނަ ބަޔަކު ޒަހަމްވެއްޖެއެވެ.
ވާކީޝާގެ މޭޔަރ ޝޯން ރެއިލީ މީޑިއާތަކަށް ވިދާޅުވި ގޮތުގައި މި ނުރައްކާތެރި ހަމަލާއާ އެކު ގިނަ ބަޔަކަށް ވަނީ ކުއްލި ޝޮކެއް ލިބިފައެވެ.
"އަހަރެން ވަރަށް މާޔޫސްވެ ދެރަވެއްޖެ ރައްޔިތުންގެ ގިނަ ބަޔަކު އުފާ ފާޅުކުރުމަށް ބޭއްވި ހިނގާލުން ނިމުނު އިރު އެއްބަޔަކު މަރުވެ އަނެއް ބަޔަކަށް އަނިޔާވުމުން" މޭޔަރ ޝޯން ރެއިލީ ވިދާޅުވިއެވެ.
ވާކީޝާގެ ޕޮލިސް ޗީފް ޑޭން ތޮމްޕްސަން ވިދާޅުވި ގޮތުގައި މިކާރުގައި އިން މީހާއާއި އެކާރު މިިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ. އަދި އެމައްސަލަ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.
މިހަމަލާގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ އިރު މީގެ ތެރެއިން ބައެއް ކުދިންނަށް ސީރިއަސް އަނިޔާ ލިބިފައިވާކަމަށް އޮފިޝަލުން ބުނެއެެވެ. އަދި އަނިޔާވި ގިނަ މީހުން ހޮސްޕިޓަލަށް ދިޔައީ އަމިއްލަ ވެހިކަލްތަކުގައި ކަމަށް އޮފިޝަލުން ބުނެއެވެ.
މިހަމާލާއަކީ ސީދާ ޓެރަރިސްޓް ހަމަލާއެއް ކަމަށް އަދި ނިންމައިފައި ނުވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.