މަޙްލޫފް ވަޒީރެއްގެ މަޤާމުގައި ބެހެއްޓުމުން އެނގެނީ ރައީސް ޞާލިޙަށް ނަޒާހަތްތެރިކަން މުހިންމު ނޫންކަން: ޖަމީލް

ޖިނާއީ ދަޢުވާ އުފުލައިފައިވާ އިރު ވެސް ވަޒީރަކު މަޤާމްގައި ބެހެއްޓުމުން އެނގެނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ނަޒާޙާތްތެރިކަން މުހިއްމު ނޫން މިންވަރުކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މި ފަދައިން ވިދާޅުވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.
ޖަމީލް ވިދާޅުވީ ޖިނާއީ ދަޢުވާ އުފުލާފައިވާ އިރު ވެސް ވަޒީރަކު މަޤާމްގައި ބެހެއްޓުމުން އެނގެނީ ރައީސް ޞާލިޙަށް ނަޒާޙާތްތެރިކަން މުހިއްމު ނޫން މިންވަރު ކަމަށާއި ހުތުރު ބަދުނާމު ލިބޭ ވަޒީރުން ޑިމޮކްރެސީތަކުގައި މަޤާމުގައި ނުތިބޭނެ ކަމަށެވެ. އަދި މިއީ މުޅި ނިޒާމަށް ލިބޭ ނިކަމެތިކަމެއް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފައި ވަނީ 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ލިބުނުކަމަށް ތުހުމަތު ކުރެވޭތީއެވެ. މަޙްލޫފްގެ އިތުރުން އެމްއެމްޕީއާރުސީ ތަހުގީގުގައި އެތައް ބަޔަކަށް ގިނަ އަދަދުން ޑޮލަރު ލިބުނުކަން ތަހުގީގަށް ސާބިތުވެއެވެ.
މިއެނގުނީ މީނާގެ ފެންވަރު. ހީކުރެވިފައި އޮތީ މީނާ މިއީ ހުދު ވަލުގައި ހިފޭ ވަރުގެ މީހެއް ކަމަށް.
ވޯޓަށް 1 ދުވަހަށް ވީމާ އިއްތިފާގުންވެސް ފައިސާ ނެގިފައި އޮންނާނެކަން މަށެއް ގަބޫލެއް ނުކުރަން. މިއީ ސާފުކޮށް ވޯޓު ވިއްކުން.