ޚަބަރު ސިޔާސީ

އެކުވެރި ސުވަދީބުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދައެއް ނުދިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

"އެކުވެރި ސުވަދީބު ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހިންގުމުގެ ހުއްދަ ނުދޭން، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

Ads by Hajj Corporation

އެކުވެރި ސުވަދީބްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފައި ވަނީ މުޙައްމަދު ޔާސީން ކިޔާ މީހެކެވެ. މިދިޔަ މަހު 15ވަނަ ދުވަހު ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހެޅި ، ހުށަހެޅުމަށް އީސީއިން މިއަދު ވިދާޅުވީ، ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ ނަމަކަށް ވެފައި ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމަކަށް ނުވާތީ އެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ނުދޭން ނިންމަވައިފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ) ގައި، ސިޔާސީ ޕާޓީއެއްގެ ނަމުގައި މީހެއްގެ އަމިއްލަ ނަން، ވަނަން، ރާއްޖޭގެ ވަކި ސަރަހައްދަކަށް، ވަކި އަތޮޅަކަށް، ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާ ނަން ހިމަނައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި މިވަގުތު 11 ޕާޓީއެއް ރެޖިސްޓްރީކޮށްފައި އެބައޮތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!