ދުނިޔެ

އިސްރާއީލާ އެކު ވެފައިވާ ފެނުގެ ހަކަތައިގެ އެއްބަސްވުމާ ދެކޮޅަށް އައްމާންގައި މުޒާހަރާ ކުރަނީ!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރުދުންއާއި އިސްރާއީލާ ދެމެދު ފެނުގެ ހަކަތައާ ބެހޭ އެއްބަސްވުމެއް ޤާއިމުކުރުމާ ދެކޮޅަށް އުރުދުންގެ ވެރިރަށް އައްމާންގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފިއެވެ.

Ads by WAMCO

މި އެއްބަސްވުމަށް ޢަމަލުކުރަން ފެށިއްޖެ ނަމަ، މި އެއްބަސްވުން ވެގެންދާނީ މީގެ 27 އަހަރު ކުރިން ޤައުމުތަކުން ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރި ފަހުން، އެއްބާރުލުން ދިނުމުގެ އެންމެ ބޮޑު އެއް މަޝްރޫއަށެވެ.

މި އެއްބަސްވުމުގެ ދަށުން އުރުދުންއަށް އިސްރާއީލުން 200 މިލިއަން ކިއުބިކް މީޓަރު (7.06 ބިލިއަން ކިއުބިކް ފީޓް)ގެ ޑީސެލިނޭޓެޑް ފެން ލިބޭނެއެވެ. އޭގެ ބަދަލެއްގެ ގޮތުން އުރުދުންގައި ޔޫއޭއީގެ ހިލޭ އެހީގެ ދަށުން ހިންގާ ސޯލާ އެނާޖީ ޕްލާންޓަކުން އުފައްދާ 600 މެގަވޮޓްގެ ކަރަންޓު އިސްރާއީލެއް މި އެއްބަސްވުމުގެ ދަށުން އުރުދުންއިން ދޭނެއެވެ.

ހުކުރު ދުވަހު ކުރި މުޒާހަރާގައި އުރުދުންގެ ރައްޔިތުން ވަނީ އެ އެއްބަސްވުމާ ދެކޮޅު ހަދައިފައެވެ. އަދި ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމުގެ މަސައްކަތް ކުރަމުންދާއިރު އިސްރާއީލާ އެކު އޮންނަ ގުޅުން ނޯމަލައިޒް ކުރުމުގެ މިސްރާބަށް ގޮސްފައިވާ ކަމަށް ބުނެފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އުރުދުން އަވަށްޓެރި ގައުމަކަށް ބަރޯސާވާން މަޖުބޫރުވާނެ ކަމަށް މުޒާހަރާކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ "ޑެކްލަރޭޝަން އޮފް އިންޓެންޓް"ގައި މިދިޔަ ހޯމަ ދުވަހު ދުބާއީގައި ސޮއިކުރައްވައިފައި ވަނީ އުރުދުންގެ ފެނާ ބެހޭ ވަޒީރު، އިޒްރޭލުގެ ހަކަތައާ ބެހޭ ވަޒީރު އަދި ޔޫއޭއީގެ މޫސުމާ ބެހޭ ވަޒީރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!