ވިޔަފާރި

ދިރާގު ފައިބަރ އިންޓަނެޓުގެ ހިދުމަތް މަނަދުއަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރާގުގެ ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ހިދުމަތް ނ.މަނަދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

Ads by STELCO

ދިރާގުން ބުނި ގޮތުގައި މި ހިދުމަތާ އެކު މަނަދޫގައި ވެސް ދިރާގު ފައިބަ ބްރޯޑްބޭންޑުގެ ތަފާތު އަގުތަކުގެ ޑޭޓާ އެލަވަންސްތައް ހިމެނޭ ޕެކޭޖްތަކެއް ލިބޭނެއެވެ. އަދި ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖް ވެސް ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ޕެކޭޖުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދް ވިދާޅުވީ، ދިރާގު ހައިސްޕީޑް އިންޓަނެޓް ރާއްޖޭގައި މީހުން ދިރިއުޅޭ އެކި ހިސާބުތަކަށް ފޯރުކޮށްދީ މުޖުތަމައުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު އުފަލެކެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމިއިނުޓީތައް ބިނާކޮށް ބާރުވެރިކުރުމަށް" ޖައިޝާން ވިދާޅުވިއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ.

ދިރާގުން ވަނީ 66 ރަށަކަށް ފައިބަރ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!