އެޑްވަޓޯރިއަލް ވިޔަފާރި

ދިރާގުގެ ފަރާތުން އަހަރު ނިންމަން ވަރަށް ހާއްސަ ބޮޑު ޕްރޮމޯޝަނެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިރާގުގެ ފަރާތުން އަހަރު ނިމުމާ ގާތްވެފައިވުމާ ގުޅިގެން ބޮޑު ޕްރޮމޯޝަނެއް ތައާރަފް ކޮށްފިއެވެ.

Ads by STELCO

"އިޔާ އެންޑް ބޯނަސް" ޕްރޮމޯޝަން ގެ ނަމުގައި ދިރާގުން ފަށައިފައިވާ މި ޕްރޮމޯޝަންގެ ދަށުން ހޯމް ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީ އަދި މޮބައިލް ހިދުމަތްތަކުން ހާއްސަ އޮފާތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލް އަޅައިފައިވާ ބިލްޑިންތަކުގައި އުޅޭ ކަސްޓަމަރުންނަށް ފައިބަރ ބްރޯޑްބޭންޑް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރުތަކުން 50 ޕަސެންޓް ޑިސްކައުންޓެއް ލިބިގެންދާނެއެވެ. އަދި ފައިބަ ކޭބަލެއް ނެތް އިމާރާތްތަކުގައި އުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓުގެ ޑިސްކައުންޓެއް ކަނެކްޝަން ފީ އިން ލިބުމުގެ އިތުރުން، ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް މި މަސް ނިމުމުގެ ކުރިން ދިރާގު ޓީވީގެ ހިދުމަތައް އެދުން މުޅިން ހިލޭ ގުޅައިދީ ޓީވީގެ ޑީކޯޑަރު ވެސް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ދިރާގުގެ މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގް ފަތްޖަހައިލެވޭ ފޯނެއް ވެސް ލިބޭނެއެވެ. އަދި ސްޓާޓާ ޕެކޭޖުން މަތީގެ ކޮންމެ ޕެކޭޖެއް ނަގާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތެއްގެ ޕެކޭޖު ހަ މަސް ދުވަހަށް ހިލޭ ކޮށްލައެވެ.

މި ޕްރޮމޯޝަންގެ ތެރޭގައި 500 ރުފިޔާއަށް ވުރެ މަތީގެ ދިރާގު ޕޯސްޓްޕެއިޑެއް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭނަކަށް އެދުމުން ތިން މަސް ދުވަހަށް ކޮންމެ މަހަކު ތިން ޖީބީ ލިބޭނެއެވެ. އަދި 500 ރުފިޔާއިން ދަށުގެ ޕްލޭނެއް އެކްޓިވޭޓް ކުރުމުން ތިން މަސް ދުވަހަށް ކޮންމެ މަހަކު އެއް ޖީބީ ލިބިގެންދާނެއެވެ.

ދިރާގުން އިތުރަށް ބުނީ މިއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ނެޓްވޯކާއި ގުޅައިލާން ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށާއި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.

  1. ރައްޔިތުމީހާ

    ފަހުން އޭގެބަދަލު ހިފައިލާނެދޯ ފަހުން ޖީބަށްވެސް ބުރަކޮށްލާނެ ކަމަށް ލަފާކުރެވޭ! އެހެން ފަހަރުތަކުގައިވެސް ކަންތައްތައް ވެފައިއޮތީ އެގޮތަށް