ވިޔަފާރި

ކުދި ވިޔަފާރިތައް ފަށައިގަތުމަށް ދިރާގުން އެހީތެރިވުމުގެ ގޮތުން ހާއްސަ ވޯކްޝޮޕެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުދި ވިޔަފާރިތައް ފަށައިގަތުމަށް އެހީތެރިވުމަށް ސްޕާކްހަބްއާ ގުޅިގެން ދިރާގުން ހާއްސަ ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO

"ލީން ސްޓާޓްއަޕް" ގެ ނަމުގައި، ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް އޮންނާނީ މިހިނގާ ޑިސެމްބަރު މަހުގެ 17 އިން 19އަށް ސޯލްޓް ކެފޭގައެވެ.

ދިރާގުން ބުނި ގޮތުގައި މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ކުދި ވިޔަފާރިތައް ފެށުމަށް ބޭނުންވާ ހުނަރުތަކާއި އެކަމަށް ބޭނުންވާ މައުލޫމާތު ވޯކްޝޮޕްގެ ބައިވެރިންނަށް ފޯރުކޮށްދިނުމެވެ.

ކުދި ވިޔަފާރިތައް ފަށައިގަތުމަށް އެހީތެރިވުމަށް ސްޕާކްހަބްއާ ގުޅިގެން ދިރާގުން ކުރިއަށް ގެންދާ މި ހާއްސަ ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދޭނީ ކަސްޓަމަރުންނާ މުއާމަލާތްކުރާނެ ގޮތްތަކާ ގުޅޭގޮތުން ކުރެވިފައިވާ ފަހުގެ ދިރާސާތަކުގެ އަލީގައި ކަމަށާއި އަދި އުފެއްްދުމެއް ތައްޔާރުކުރާއިރު ސަމާލުކަން ދޭން ޖެހޭ މުހިންމު ކަންކަމުގެ މައްޗަށް ބިނާކޮށްކަމަށް ވެސް ދިރާގުން މައުލޫމާތު ދީފައިވެއެވެ.

ރާއްޖޭގައި އީޖާދީ އުފެއްދުންތަކާއި ކާމިޔާބު ވިޔަފާރިތައް ފަށައި ކުރިއަަށް ގެންދިޔުމުގެ ގާބިލްކަން ހުރި ފަރާތްތައް ގިނަކަން ދިރާގުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ލީން ސްޓާޓްއަޕް ވޯކްޝޮޕްގެ ތެރެއިން އުފެއްދުމެއް ތައްޔާރުކުރާއިރު ވިސްނަން ޖެހޭ މުހިންމު ކަންކަން ބައިވެރިންނަށް ކިިޔައިދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!