ޚަބަރު

ކޮވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު ނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އުމުރުން 92 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވީ ހއ.ތުރާކުނގައި މިއަދު ހެނދުނު 8:28 ހައިއިރު ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 253 ވަނަ މީހާއެވެ. މިއަދު މިބަލީގައި އިތުރު މީހަކު ވަނީ ނިޔާވެފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!