ޚަބަރު ސަރުކާރު

އަންވެއިލިން ވިޝަންސް 2021 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްއާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން ، އިންތިޒާމްކޮށްގެން ބާއްވާ "އަންވެއިލިންގ ވިޝަންސް 2021" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

މި މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަދު ހަވީރު ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ މި މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓައިފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ 'މޯސްޓް ވައިބްރަންޓް އާޓިސްޓްސް"އަށް ހޮވުނު 5 ކުރެހުންތެރިންނަށް އިނާމު ޙަވާލުކޮށްދެއްވައިފައެވެ.

މި ޙަފްލާގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވަނީ ނެޝަނަލް އާޓް ގެލެރީގެ 'ވަރޗުއަލް ގެލެރީ' އިފްތިތާޙްކޮށްދެއްވައިފައެވެ.

މޯލްޑިވްސް ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން "އަންވެއިލިންގ ވިޝަންސް 2021"އަކީ މި އަހަރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި މިފަހަރު 67 ކުރެހުންތެރިންގެ ކުރެހުންތައް ދައްކުވައިދެއެވެ. މި ފަހަރުގެ މައުރަޒުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ފަންނާނުން އެއްތަނަކުން ބައްދަލުވެ، އެމީހުންގެ ހުނަރު ދައްކައިލައި، އެމީހުންގެ ތަސައްވުރު ހާމަކުރުމެވެ.

މި ޙަފްލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ވަނީ ރައީސަށް ކުރެހުމެއް ވެދުންކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!