ޚަބަރު

ދުވަހުގެ ރިކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ އާދީއްތަ ދުވަހު ރާއްޖެއަށް ރިކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

އެ މިނިސްޓްރީން މިއަދު ބުނެފައި ވަނީ، މި ހިނގާ ޑިސެމްބަރު މަހުގެ 5ވީ އާދީއްތަ ދުވަހު ރާއްޖެއަށް 6269 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށެވެ.

މިއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވައިލި ފަހުން، އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 1،162،425 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 461،113 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހައިތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ ނޮވެމްބަރު މަހުގައެވެ. އެމަހު 144،725 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އޮގަސްޓުމަހު 143،599 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެއިތުރުން އޮކްޓޯބަރު މަހު 142،066 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި، ސެޕްޓެމްބަރު މަހު 114،896 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!