ގެއްލުނު މީހާ ފެނިއްޖެ
މާލެއިން ގެއްލިގެން ފުލުހުން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
ފުލުހުން ހޯދަމުންދިޔައީ ދ. މީދޫ / ނޫރާނީވިލާ، އަލީ އިސްމާއީލް (54އ)އެވެ. އޭނާގެ އާއިލާއިން ބުނީ އަލީ އިސްމާއިލް މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
އާއިލާއާ ވާހަކަދެކެވިފައި ނުވަނީ ފޯނެއް ނެތިގެން ކަމަށް އަލީ އިސްމާއިލް ވަނީ ބުނެފައެވެ. މިހާރު އޭނާ ހުރީ އައްޑޫ ސިޓީ މަރަދޫގައެވެ.
ފުލުހުން ވިދާޅުވީ ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 2ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
Ads by HDC