ޚަބަރު

މިސްކިތްތަކަށް ބަޖެޓު ދިނީ ނަމެއްގައި: މޭޔަރު މުއިއްޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޖަލާލުއްދީން މިސްކިތް/ ދެން ފައިލް ފޮޓޯ

މާލެ ސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް މި ސަރުކާރުން ބަޖެޓު ދިނީ ނަމެއްގައި ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިއަދު ޑރ. މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާތައް ސިޓީ ކައުންސިލާ ހަވާލުކޮށްފައިވީ ނަމަވެސް މިސްކިތްތައް ބެލެހެއްޓުމަށް އެކަށީގެންވާ ބަޖެޓެއް ސަރުކާރުން ދީފައި ނުވާ ކަމަށެވެ.

އެގޮތުން މާލޭގައި ހުރި ހުރިހާ މިސްކިތެއް ބަލަހައްޓައި މަރާމާތުކުރުމަށް ސަރުކާރުންދީފައި ވަނީ އެންމެ އެއް ލައްކަ ރުފިޔާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެއީ ނަމެއްގައި ދީފައިވާ ބަޖެޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ސިފަކުރެއްވިއެވެ.

"އެންމެ އެއް މިލިއަން ރުފިޔާއިން މާލޭގައި ހުރި 42 މިސްކިތް ބެލެެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ. މިއީ ހަމަ ނަމެއްގައި ދިން ބަޖެޓެއް. އެކަމަކު އަޅުގަނޑުމެންނަށް އެންމެ މުހިއްމީ މިސްކިތްތައް." ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މިސްކިތްތައް ބެލެހެއްޓުމަށް ކުރެވެން ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި މިސްކިތްތައް މަރާމާތު ކުރުމަށް އިސްލާމިކް މިނިސްޓްރީގެ އިތުރު އެހީތެރިކަމަށް ވެސް އެދިފައިވާނެ ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ވަގުފު ފަންޑުން މިސްކިތްތައް ބެލެހެއްޓުމަށް ފައިސާ ހަމަޖައްސައިދިނުމަށް ކައުންސިލުން އެދުމުން މިނިސްޓްރީން އެކަން ހަމަޖައްސައި ނުދިން ކަމަށާއި ނަމަވެސް މާލެ ސިޓީ ކައުންސިލުން އެންމެ އިސްކަމެއް ދޭނީ މިސްކިތްތައް ބެލެހެއްޓުމަށް ކަމަށް ވެސް މާލޭގެ މޭޔަރު ވިދާޅުވިއެވެ.

  1. ކުރުކުރު

    ސާބަހޭ މުއިއްޒް
    މިސްކިތްތައް ބެލެހެއްޓުމަކީ ހުރިހާ ކަމަކަށް ވުރެ މުހިންމުކަމެއް
    ރައީކަން ޖުރި މީހުންގެ އިނާޔަތްވެސް ކުޑަކުރަންފެނޭ