އައްޑޫއިން ކޮވިޑްގެ އިތުރު މަރެއް
ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ކޮވިޑް ބަލީގައި ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ އައްޑޫ ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 257 ވަނަ މީހާއެވެ.
ކޮވިޑް-19 އައްޑޫގައި ހަލުވި ކަމާއެކުދަނީ ފެތުރެމުންނެވެ. އެ ރަށް މޮނިޓަރިންގައި ހާލަތުގައި އޮންނަތާ މިހާރު 100 ދުވަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. މިވަގުތު އައްޑޫގައި ކޮވިޑް-19 ޖެހިފައި ތިބި 165 މީހަކު އެބަ ތިއްބެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
Ads by Allied Insurance