ޚަބަރު

އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ ނިޔާވީ އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެނިކޮށް މިއަދު ހެނދުނު 6:35 ހާއިރުއެވެ.

މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 258ވަނަ މީހާއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُو

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!