ޚަބަރު

މި އަހަރުގެ މިހައިތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އަތުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަހަރުގެ މިހައިތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

އެ މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 1،212،528 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅައިބަލާއިރު 151 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1.58 މިލިއަން ފަތުރުވެރިންނާއި އަޅައި ބަލާއިރު 23.5 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަށް ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހުން ފެށިގެން މިހައިތަނަށް އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ކޮންމެ މަހަކު ރާއްޖެއަށް އައިސްފައިވެއެވެ. އެންމެ ގިނަ ފަތުރުވެރިން މިއަހަރު މިހާތަނަށް އައިސްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެ މަހުގައި 144،725 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4989 ފަތުރުވެރިން އާދެއެވެ. މިއަދަދަކީ 2019ވަނަ އަހަރާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!