އިސްލާމް ފޮތްތަކުން ޤުރުއާނުގެ އާޔަތްތައް ވަކި ކުރަން އުޅޭކަމުގެ ކަންބޮޑުވުން

ކުރިޔަށް އޮތް ދިރާސީ އައު އަހަރަށް ޗާޕް ކުރާ އިސްލާމް ފޮތްތަކުގައި ޤުރުއާނުގެ އާޔަތްތައް ވަކި ކުރަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް ޝެއިޚް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގްރޭޑް 1އިން 12ގެ އިސްލާމާއި ޤުރްއާން މުޤައްރަރު ޗާޕްކުރާއިރު އެ ފޮތްތަކުގައިވާ ޤުރްއާނުގެ އާޔަތްތައް އުނިކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އަންގަވައިފައިވާ ކަމަށެވެ. އަދި އެ އެންގުމާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ، މިގޮތަށް ކަންތައް ކުރުމަކީ، ޤުރްއާނާއި އިސްލާމްގެ އަހައްމިއްޔަތުކަން ކުޑަކޮށް، ދުރު މުސްތަޤްބަލެއްގައި އިސްލާމްދީނާއި ދިވެހި ދަރީން ދުރުކޮށް، ބީރައްޓެހިކުރުމުގެ އަމާޒުގައި ކުރި ކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމަށް ސަމާލުވުމަށް ޝެއިޚް ވަނީ ގޮވައިލައްވައިފައެވެ.
މި އަހަރު ޗާޕް ކުރި ފޮތްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެފައިވާ މައްސަލަތަކެއް ވެސް ފެންމަތިވިއެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
އެއްކަމެއް ވެސް ވަނީ އަކީ ނޫން ހަމަ ފިތުނަ އުފައްދަނީ އަހަރުންނަށްވެސް މައުލޫމާތު ލިބޭ އޭނަ ފިރިހެނަކާ ކައިވެނި ކުރަން އެމެރިކާ އަށް ދާން އުޅޭ ކަމަށް
ތިޔައީ ތެދަކަށްވުން ވަރަށް ގާތް. ޢެއީ، ދީނާޚިލާފަށް އުޅޭ މީހުނަށްވެސް އެގޮތަށް އުޅެން ހިތްވަރު ލިބޭ ޤާނޫނު އެބަ ތަސްދީްު ކުރޭ.