ރައްޔިތުންގެ މަޖިލިސް

ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާ މާދަމާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

Ads by Hajj Corporation

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ފަށާނީ ހެނދުނު 10 ޖަހާއިރުއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މެންބަރަކު ވިދާޅުވީ، މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ހަމައެކަނި އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ކަމަށެވެ.

އޭސީސީގެ މެންބަރުންގެ މަސައްކަތްތަކުގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު، އެ ބޭފުޅުން މަގާމުން ވަކި ކުރުމަށް ފެންނަކަމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ނިންމަވައިފައެވެ.

މި ނިންމެވުމާ ގުޅިގެން އޭސީސީއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަސައްކަތުގެ ސްޕީޑް ރަނގަޅުވާނީ މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތުތައް ދީގެން ކަމަށެވެ. އޭސީސީން ވަނީ މި އަންނަ އަހަރުގެ ބަޖެޓުގައި އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުން ވަނީ ބަޖެޓްގައި އެބައި ހިމަނައިދީފައެވެ.

އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި، އިބްރާހިމް ޝަކީލް އަދި އައިޝަތު އަބްދުﷲއެވެ. ކޮމިޝަންގެ މެންބަރެއް ކަމަށްވާ އަލީ އަޝްރަފް ވަނީ މިމަހުގެ ދެވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!