Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

"އިންޑިއާ އައުޓް" ސައިކަލު ބުރު މާދަމާ

"އިންޑިއާ އައުޓް" ސައިކަލު ބުރު މާދަމާ

ރާއްޖޭއިން އިންޑިއާ ސިފައިން ފޭބުމަށް ގޮވައިލައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވުމަށް އިންތިޒާމު ކުރި ސައިކަލު ބުރު މާދަމާ ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޒުވާނުން އިސްނަގައިގެން ބޭއްވުމަށް ނިންމި މި ސައިކަލު ބުރު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހުނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެ ދުވަހު އެ ހަރަކާތް ވަނީ ކެންސަލުކޮށްފައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސައިކަލު ބުރު ފެށޭނީ މާދަމާ 3:45ގައި ޕީޕީއެމް އޮފީސް ކުރިމަތިން ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިއީ ސައިކަލު ބުރެއް ނަމަވެސް ފައިމަގުގައި އުޅޭ މީހުން ވެސް މި ހަރަކާތުގައި ބައިވެރިވާން ޕީޕީއެމުން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް