އިންޑިއާ އައުޓް ހަރަކާތަކީ ޑްރަގް ނެޓްވޯކްތަކާ ގުޅިގެން ވެރިކަން ބަދަލު ކުރަން ހިންގާ ހަރަކާތެއް: ބޮންޑެ
އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެންޕެއިނަކީ ބޭރުގެ ޑްރަގް ނެޓްވޯކްތަކާ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެއްގެ ކަމަށް މާފަންނު މެދު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
މިއަދު އިދިކޮޅުން އިންތިޒާމްކޮށްގެން މާލޭގައި ބޭއްވި ސައިކަލު ބުރު ފުލުހުން ހުއްޓުވި ޚަބަރު ރީޓްވީޓްކޮށް، ކުރެއްވި ޓްވީޓެއްގައި ބޮންޑެ ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތަކީ ޤައުމަށް ނިކަމެތިކަން ލިބޭނެ ފަނާކުރުނަވި ހަރަކާތެއް ކަމަށެވެ.
"ބިދޭސީ ޑްރަގް ނެޓްވޯކްތަކާ ގުޅިގެން ވެރިކަން ބަދަލުކުރާން ހިންގާ ހަރަކާތަކީ ޑިމޮކްރެޓިކް ހަރަކާތެއް ނޫން. ! ގައުމަށް ނިކަމެތިކަން ލިބޭނެ ފަނާކުރަނިވި ހަރަކާތެއް. އިންޑިޔާ ކަނޑުގައި ޑުރަގް އޮއިވާލި ގިނަކުރަން ފުރުސަތެއް ނުދެވޭނެ! ހުއްޓުވަން ޖެހޭ!" ބޮންޑެގެ ޓްވީޓްގައި ވިދާޅުވިއެވެ.
މިއަދު އިދިކޮޅުން އިސްވެއޮވެ، އިންޑިއާ އައުޓްގެ ނަމުގައި މާލޭގައި ބޭއްވި ސައިކަލު ބުރަށް ފުލުހުން ވަނީ ހުރަސް އަޅައިފައެވެ. ފުލުހުން މިގޮތަށް އަމަލުކޮށްފައި ވަނީ، ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެހެންވެ އެފަދަ ކަމަކަށް ފުރުސަތު ދެވެން ނެތް ކަމަށް ބުނެއެވެ. މިކަމާ ގުޅިގެން އިދިކޮޅުން ވަނީ އެފަދަ ކަމެއް ހިންގަން ރާވައިފައި ނުވާ ކަމަށްބުނެ، ފުލުހުންގެ އެ އަމަލު ކުށްވެރިކޮށްފައެވެ.
ބޮންޑެއަކީ ނެޓްވޯކްގެ ބޮސް
ބޮންޑާ ކަލޭމެން ބޭްނުންހާ އެއްޗެއް މިގައުމުގަ ނުހެެެދޭނެ އެންމެ ފަހުވަގުތު ވެރިކަންވެސް ބަދަލުވާނެ ﷲ އިރާދަކުރެއްވިއްޔާ ބަރުލަމާނީ އެއްވެސް ނުގެވޭނެ
ބޮންޑާއަށް ތިޔަހުރީ އިންޑިޔާއިން ދެމި ގުއިރޯނުގައި ޖެހިފާ ިދިވެހި ރައްޔިތުން މިހާރު ކަލޭ ްމެން ގެ ވާހަކަ މިހާރު ގަބުލެއް ނުކުރޭ އިންޑިޔާ ހަމަޖެހޭނީ ފަިބަން
އެހެންވެގެންބާ ޑުރަގް އެތެރެކުރާ އެންމެން ދޫކުރެވެމުން އެދަނީ. އެންމެން ދޫވަމުން ދާއިރު ވެސް ރައީސްކަމުގަ ހުރި ގައްދާރަށް ހީނުވޭ ކަހާތަން ހިރުވާހެންވެސް.
އިންޑިޔާސިފައިންރާއްޖޭގަ
އިންޑިޔާގެމަސްބޯޓުތައް ރާއްޖޭސަރަހައްދައްވަދެދާއަޅައިގެންމަސް ވެރިކަންކުރުންވެސް ބޮންޑާމެނައްއޯކޭ މިވާހަކަތައްކީވެބާ ބޮންޑާމެނައް ނުދެއްކެނީ އިންޑިޔާސިފައިނާއެކު ބޮންޑަވެސްމިގައުމުންފައިބަންވީ ތިޔައީދިވެހިންފަގީރުކޮއް ގައުމުވިއްކާލާފަތިބިބައެއް ބޮންޑާ އައުޓް
ޑްރަގް ނެޓްވަރކްގެ ބާރު ހަމަ ގަދައީ.
އޭބަލަގަ ބޮންޑޭ ތިޔަހުރީ ހަމަހޭގާތަ. ތިޔަގޮވަނީ 7 ގުދު އޮތްމީހާ އެއްގުދުއޮތް މީހާދިމާއަށް ގުދޯގުދޯ. ބަލަގަ ބޮންޑާ މަސްތުވާ ތަކެތީގެ މާސިންގާ ނެޓްވޯކެއް ރާއްޖޭގެ އުތުރުން ދެކުނަށް އިރުން ހުޅަނގަށް ދަމާލާފައިއޮތީ ހަމަ އެމްޑީޕީންނެވެ. އެމްޑީޕީއަކީ ދުވަހަކުވެސް ދިވެހިންނަށް ހެޔޮއެދޭނެ ޕާޓީއެއްނޫން. އިންޑިޔާ މިލިޓަރީ އައުޓް.
ކަލޯބޮންޑޭ އިންޑިޔާއިން ރާއްޖެހިފަންވެއްޖެކަމަށް މިއަދުވެސް އަގައިގެ ތަންމިނަށް ފުޅާކޮށްގެން ތިޔަގޮވަނީ ހަމަ ކަލޭމެންނުންތަ. ޔާމީނުގެ ވެރިކަމުގަި އެއީ ކޮންއެއްޗެއް ބަދަލުކުރަން އޭރު ކަލޭމެން ގޮވިއެއްޗެއްތަ. ކޮންމެވެސް ވަރަކަށް ލަދުވެތިކަންވެސް ހުންނަންވާނެ. އެއީ ވަރަށްރީތި ސިފައެއްކަން ބޮންޑެއަށް ހަނދާން ކޮށްދެމެވެ. އިންޑިޔާ މިލިޓަރީ ރާއްޖެއިން އައުޓް.
ބަލަޔާމީނނޫންތައައްޑ ޫވެސްއެމީހުނައްދިނީ މިހާރުޕާޓޭންނާއެކު އައުޓް ގޮވަން
އިއްޔެ އިންޑިއާ އައުޓު ޖަހާފައޮތް ކާރުތަކާ ޖީއެން ސައިކަލްތަކުގަ ތިބި ގުރޫޕްތައް ފެނުނު ކޮންމެ މީހަކަށް އޮޅުމެއްނެތް މިންވަރަށް ސާފުވާނެ މިއީ ކިހިނެތް ހިނގާ ކަމެއްކަން. އެކަށީގެންވާ އަދަދެއްނަމަ ލިބުނު ގޮތެއް ބަލަން ނުޖެހޭ ފިލޯސަފީއާ ގުޅުވާލުމުން މުޅިމަންޒަރު އެއޮތީ ސާފުވެފައެވެ.
ވެރިކަން ބަދަލު ކުރެވެން އޮތީ ޑްރަގް ނެޓްވޯކްތަކާ ގުޅިގެންތަ؟ އެހެންވިއްޔާ މަހުވާބިއްލާހި މަ ބޭނުން ތިކަން ކުރަން. ބަޣާވާތް ކޮށްގެންތަ؟ އެހެންވިއްޔާ ބަޣާވާތް ވެސް ބޭނުން. ފެބްރުވަރީ 7 އަށްވުރެ މަ އުފާވި ދުވަހެއް ހަޔާތުގަވެސް ނާދޭ. ކެރޭނެތަ މިކޮމެންޓް ޖަހަން؟
އިންޑިއާ ސިފައިން ރާއްޖޭގަެއި ތިބެންޖެހޭ ޖާއިޒް ސަބަބެއް ނެތް. އަވަހަށް ފައިބާ. ރީތިކޮށް ނުފައިބައިފިނަމަ ހަޑިކޮށްވެސް ބާލާނަން އިންޝާﷲ. މި ޤައުމުގައި ހަދާފަހުރި ޤާނޫނުތަކާއި ފުށުއަރާގޮތަށް އެގްރިމެންޓްތަކުގައި ސޮއިކޮށްގެން އުޅެނީ ރާއްޖެއާއި ދުނިޔެއަށް މަސްތުވާތަކެތީގެ ވަގު ވިޔަފާރިކޮށް މަނީލޯންޑަރިން ކުޅިކުޅެން. އަވަހަށް ފައިބާ.