ޚަބަރު ސަރުކާރު

ބޫސްޓާއަށް ޖަހާ ވެކްސިންގެ އެއްލައްކައަށް ވުރެ ގިނަ ޑޯޒް ގެނެސްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވެކްސް ފެސިލިޓީން ރާއްޖެއަށް މިއަދު އިތުރު 100،620 ޑޯޒްގެ ފައިޒާ ވެކްސިން ހަދިޔާ ކޮށްފިއެވެ.

Ads by Hajj Corporation

ކޮވިޑްގެ އާލަމީ ވަބާއިން ސަލާމަތް ވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުން ކުރަނީ ފައިޒާ ވެކްސިނެވެ.

ޔުނިސެފް މޯލްޑިވްސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ބޫސްޓާ ޑޯޒް ޖެހުމަށް ރާއްޖެއަށް މިއަދު 100،620 ޑޯޒް ވެކްސިންގެ އައު ޝިޕްމަންޓެއް ލިބިފައިވާ ކަމަށެވެ.

ވެކްސިންގެ ބޫސްޓާ ޑޯޒް ރާއްޖޭގައި މިހާރު ދެނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި މަހުގެ ފުރަތަމަ ހަފްތާގައި ރިސޯޓު މުވައްޒަފުންނަށާއި ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް ދިނުމަށް ހުޅުވައިލާނެ ކަމަށެވެ. އަދި މި މަހުގެ މެދުތެރޭގައި އާންމުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވައިލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!