ކޯސް ނިންމުމަށް އެހީތެރިވުމުގެ ގޮތުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް ލޯނު ދެނީ
އައްްޑޫސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުން ކޯސް ނިންމުމަށް އެހީތެރިވުމުގެ ގޮތުން ލޯނު ދޭން ނިންމައިފިއެވެ.
ފްލައިން ސްކޫލްގެ ކަންތައްތަކާ މިވަގުތު ހަވާލުވެ ހުންނެވި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ މިއަދު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ވަރަށް ފަހުން ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީ މެދުވެރުކޮށް ދަރިވަރުންގެ ކިޔެވުން ފުރިހަަމަ ކުރުމަށް ލޯނެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވި ކަމަށް ވެސް ޖެނީފާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ފްލައިން ސްކޫލް ހިންގަން މޯލްޑިވިއަންއިން ނިންމައިފައި ވަނީ ޗެކް ރިޕަބްލިކް އެކެޑެމީއާ ގުޅިގެންނެވެ.
ޖެނީފާ ވިދާޅުވީ ދަރިވަރުންގެ ކިޔެވުމުގެ ހުރިހާ ތަފްސީލުތަކެއް ހޯދަން ޕޯޓަލްއެއް ގާއިމްކޮށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތުތަކެއް ހިއްސާކުރުމުގެ ފުރުސަތު ދީފައވާ ކަމަށެވެ.
ފްލައިން ސްކޫލުގައި ހިންގައި ކޯސް ފުރިހަމަ ނުކުރެވި ތިބި 85 ދަރިވަރަކު މިހާރު އެ ޕޯޓަލްގައި ރެޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް ޖެނީފާ ވިދާޅުވިއެވެ.