ޚަބަރު އިޖުތިމާޢީ

ފްލައިން ސްކޫލްގެ ކިޔެވުން ރަސްމީކޮށް ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ސިޓީގައި ހިންގާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން މިއަދު ފަށައިފިއެވެ.

Ads by STELCO

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އައިލޭންޑް އެވިއޭޝަން ގުޅިގެން ހިންގާ "މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ"ގެ ކިޔެވުން މިއަދު ފަށައިފައި ވަނީ 35 ކުދިންގެ ބެޗަކާއެކުއެވެ.

ފްލައިން ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ބަލައި ވަޒަން ކުރުމަށް ފަހުއެވެ. މި ސްކޫލުގައި ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެވެ.

ކުރީ ސަރުކާރުން ބޭރު ބަޔަކާ ހަވާލުކޮށްގެން ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެންމެ ފަހުން އެކުދިންގެ ކިޔެވުން ވަނީ ހުއްޓިފައެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ލުއި ފަސޭހަ ގޮތްތަކަކާ އެކު ކިޔެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!