ޚަބަރު

ފްލައިން ސްކޫލްގެ ދަރިވަރުންގެ ލޯންތައް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރަން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ބީއެމްއެލްއިން ނަގާފައިވާ ލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ބީއެމްއެލްއިން ދަރިވަރުން ނަގައިފައިވާ ލޯން މިނިސްޓްރީ ދަށަށް ބަދަލުކުރުމަށް ޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ބީއެމްއެލްއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިހާރު ބީއެމްއެލްއިން ދަރިވަރުން ނަގައިފައިވާ ލޯން މިނިސްޓްރީ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ދަރިވަރުންނަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އަންނަކަމަށެވެ. މިނިސްޓްރީން ވަނީ ބީއެމްއެލްއިން ނަގާފައިވާ ލޯން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ބޭނުންވާނަމަ އެކަން އެންގުމަށް ދަރިވަރުންނަށް އަންގާފައެވެ.

ބީއެމްއެލްގެ ލޯނު ސްކީމްގެ ދަށުން 15 ކުއްޖަކު އަންނަނީ ފްލައިން ސްކޫލްގައި ކިޔަވަމުންނެވެ. ފްލައިން ސުކޫލުގެ މައްސަލަ ބޮޑުވެ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާ އިތުރުވުމުގެ ސަބަބުން، އެ ސުކޫލުގެ އިސް މަގާމުތަކުގައި ތިއްބެވި ދެބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ  މިމަހު 11 ވަނަ ދުވަހު އަންގަވައިފައެވެ.

އެ ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށާއި ކޯސް ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުުރިއަށް ގެންދިޔުމަށް ފްލައިން ސްކޫލްގެ މެނޭޖްމަންޓުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ، ސިވިލް އޭވިއޭޝަނުން އެ މައްސަލަތައް ބެލުމަށް ފަހު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!