ޚަބަރު

ފްލައިން ސްކޫލްގެ 15 ދަރިވަރެއްގެ ލޯން ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ ފްލައިންގް ސްކޫލްގައި ކިިޔަވާ ދަރިވަރުންގެ ތެރެއިން ކިޔެވުމަށް ބީއެމްއެލްއިން ލޯނު ނަގައިފައިވާ 15 ދަރިވަރުންގެ ލޯނު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ނިންމުމުގެ ސަބަބުން ދަރިވަރުން މިނިސްޓްރީއަށް ލޯނު އަނބުރައި ދައްކަން ފަށަން ޖެހޭނީ ތަމްރީނު ފުރިހަމަކޮށް ނިމޭތާ 6 މަސްފަހުންނެވެ.

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ބީއެމްއެލްއިން ނަގައިފައިވާ ލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރަން ފަށައިފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ބީއެމްއެލްގެ ލޯނު ސްކީމްގެ ދަށުން 15 ކުއްޖަކު އަންނަނީ ފްލައިން ސްކޫލްގައި ކިޔަވަމުންނެވެ. ފްލައިން ސުކޫލުގެ މައްސަލަ ބޮޑުވެ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާ އިތުރުވުމުގެ ސަބަބުން، އެ ސުކޫލުގެ އިސް މަގާމުތަކުގައި ތިއްބެވި ދެބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ  މިދިޔަ މަހުގެ 11 ވަނަ ދުވަހު އަންގަވައިފައެވެ.

އެ ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށާއި ކޯސް ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުުރިއަށް ގެންދިޔުމަށް ފްލައިން ސްކޫލްގެ މެނޭޖްމަންޓުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ، ސިވިލް އޭވިއޭޝަނުން އެ މައްސަލަތައް ބެލުމަށް ފަހު ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!