ލައިފްސްޓައިލް

ފަލަވާން ބޭނުން ނޫންނަމަ ހަވީރު 4 ގެ ފަހުން މިތަކެތި ނުކާތި!

ދެން އެމްވީ ، ދެން އޮންލައިން

މީހާ މާބޮޑަށް ފަލަވުމަކީ ސިފަ ހުތުރުވުމުގެ އިތުރުން، ބަލިމަޑުކަމަށް ވެސް ހުށަހެޅޭނެ ކަމެކެވެ. އެހެންކަމުން މީހާގެ ބަރުދަން ވަކި ވަރެއްގައި ބެހެއްޓުމަށްޓަކައި ކެއުމަށް ޚާއްސަ ސަމާލު ކަމެއް ދޭން ޖެހެއެވެ.

Ads by MWSC

މިގޮތުން މި ލިޔުންކޮޅުގައި މި ބަލާލަނީ، ފަލަވާން ބޭނުން ނޫންނަމަ ހަވީރު 4 ގެ ފަހުން ކެއުން ދޫކޮށްލަން ޖެހޭ ބައެއް ތަކެއްޗެވެ.

ޕާން:

ޕާނުގެ ސަބަބުން ހަށިގަނޑަށް ލިބޭ ހަކަތައިގެ ބޮޑު ބައެއް ލިބެނީ ވެސް ކާބޯހައިޑްރޭޓްސްއިންނެވެ. އެހެންކަމުން ޕާން ކައިގެން ފަލަ ނުވާނެއޭ ހީކޮށްފާނެއެވެ. ނަމަވެސް ޕާނުގައި ފައިބަރގެ މާއްދާތައް މަދުން ނަމަވެސް ހުރެއެވެެ. މިކަމުގެ ސަބަބުން ހަވީރު ދަޅައިގައި މިތަކެތި ކެއުމުން، ފައިބަރތައް ހަޖަމު ނުވެ، މީހާ ފަލަވުމަށް ބައެއް ފަހަރު މެދުވެރިވެއެވެ.

އައިސް ކްރީމް:

އައިސް ކްރީމަކީ އޭގެ ސަބަބުން ވަރަށް ގިނަ އަދަދަކަށް ކެލޮރީސް ލިބޭ އެއްޗެކެވެ. އަދި އައިސްކްރީމް ބުއިމުގެ ސަބަބުން ލޯޑެންސިޓީ ފެޓް ވެސް ލިބެއެވެ. މިއީ މީހާ ފަލަ ކޮށްލުމަށް ބާރު އަޅާ މާއްދާއެކެވެ.

ޕޮޓޭޓޯ ޗިޕްސް:

ވަރަށް ގިނަ ފަހަރަށް އާއިލާއާއެކު ބޭރަށް ގޮސް ޗިޕްސް ކެއުމަކީ ދިވެހިންގެ ވެސް އާދައެކެވެ. ނަމަވެސް މިއީ ހަވީރު 4 ގެ ފަހުން ކެއުން އެހާ ރަނގަޅު އެއްޗެއް ނޫނެވެ. ސަބަބަކީ ޗިޕްސް ތެލުލުމުގެ ސަބަބުން އޭގައި ގިނަ އަދަދަކަށް ތެލުގެ މާއްދާތައް ހުރުމެވެ.

  1. ކިނބީ

    ތި ކައިކައި ފަލައެއް ނުވި. މަދިރިއެއްހެން މިހުންނަނީ. ކޯޗެއް ދެން ކާންވީ ނޫނީ ނުކާންވީ؟