6 އެއާޕޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި
ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތަކެއް ތަރައްގީ ކުރާނެ ނުވަތަ ތަރައްގީކުރަން މާލީ އެހީވާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން 6 ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހުޅުވައިލައިފައިވާ ކަމަށެވެ.
ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ، ބ. ތުޅާދޫ، ށ. ބިލަތްފަހި، ތ. ވިލިފުށި، ހދ. މަކުނުދޫ، ފ. މަގޫދު އާއި ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް ކަމަށެވެ. މީގެ ތެރެއިން ރ. އަތޮޅު ދެކުނު ބިތުން ރަށެއް ކަމަށް ބުނެފައި ވާއިރު އަދި އެއީ ސީދާ ކޮން ރަށެއް ކަން ކަނޑައަޅައިފައި ނުވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
މި މޮޑެލްގެ ދަށުން އެއާޕޯޓް އަޅާ ރަށްތަކަށް ހޭދަވާނެ ހަރަދަކީ ހދ. މަކުނުދޫއަށް 23.3 މިލިއަން ޑޮލަރު، ށ. ބިލަތްފައްސަށް 23.6 މިލިއަން ޑޮލަރު، ބ. ތުޅާދޫ އަށް 21.9 މިލިއަން ޑޮލަރު، ތ. ވިލުފުއްޓަށް 33.3 މިލިއަން ޑޮލަރު، ފ. މަގޫދޫ އަށް 8.2 މިލިއަން ޑޮލަރު އަދި ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) 23.6 މިލިއަން ޑޮލަރު ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.
ތިޔަ އެއާރޕޯޓްތައް އެޅިގެންތާއަދި ތަރައްގީކުރަނީ.ބަލާބަލަ އެއާރޕޯޓް އެޅޭތޯ.މޮޔަވާހަކަ ދައްކާބަޔެއް.ހު ހު ހު
ފ. މަގޫދޫގައި 8.2 މިލިއަން ޑޮލަރަށް 1200 ނުވަތަ 1800 މީޓަރުގެ އެެއަރޕޯޓެއް ބިން ހިއްކައިގެން އެޅޭނެބާ؟