ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ރައީސް ނަޝީދު ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލަން އަމާޒުކޮށް މި އަހަރުގެ މެއި މަހުގެ 6ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާއަށް ފަހު، ފުރަތަމަ ފަހަރަށް އެމަނިކުފާނު މިއަދު ސަޕޯޓަރުންނާ ބައްދަލު ކުރައްވަން ނިންމައިފިއެވެ.
ސަޕޯޓަރުންނާ ރައީސް ނަޝީދު މިއަދު ބައްދަލު ކުރައްވަން ނިންމައިފައި ވަނީ، ސަލްޓަން ޕާކުގައެވެ.
މި ބައްދަލުވުމަކީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބާއްވާ ބައްދަލުވުމެކެވެ.
އެ ޕާޓީން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ހަވީރު 4:00ގައި ބާއްވާ މި ބައްދަލުވުމުގައި ރައީސް ނަޝީދުގެ އިތުރުން ޕާޓީގެ ލީޑަރޝިޕާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.