ޚަބަރު

ޤުރްއާން ކިޔެވުމުގެ 34ވަނަ ޤައުމީ މުބާރާތުގެ މެއިން ޕާޓްނަރަކަށް ދިރާގު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ މެއިން ޕާޓްނަރަކަށް ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ހިދުމަތް ދޭ ކުންފުނި، ދިރާގު، ހަމަޖައްސައިފިއެވެ.

Ads by MWSC

އެ ކުންފުނިން ބުނި ގޮތުގައި މި ފާއިތުވެދިޔަ އަހަރުތަކުގައި ބޭއްވި ޤައުމީ ޤުރްއާން މުބާރާތްތަކުގައި ވެސް އެ ކުންފުނިން ވަނީ އެހީތެރިވެދީފައެވެ.

ބާރަ ކެޓަގަރީއަކަށް ބަހައިލައިގެން މި އަހަރު ބޭއްވޭ ޤުރްއާން މުބާރާތުގައި 1،700 ކުދިން ބައިވެރިވެއެވެ. ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި އަތޮޅު ކައުންސިލްތަކާއި ސްކޫލުތަކާއި ގުރުއާން ކްލާސްތަކުގެ އިތުރުން ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ.

ފާއިތުވީ އަހަރުތަކުގައި ވެސް މި މުބާރާތަކީ ރީތިކޮށް ތަޖުވީދު މަގުން ގުރުއާން ކިޔެވުމަށް ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!