އުރީދޫ އެމް-ފައިސާ ބޭނުން ކޮށްގެން ފަސް ޕަސެންޓު އަނބުރާ ހޯދޭނެ ރަނުގެ ފުރުސަތު

އުރީދޫގެ އެމް-ފައިސާ ބޭނުން ކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަަށް، ފަސް ޕަސެންޓު އަނބުރާ ހޯދޭނެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންގެ ތެރެއިން އެމް-ފައިސާ ގަބޫލު ކުރާ ކެފޭ، ރެސްޓޯރެންޓް، އަދި ފިހާރަތަކުން ކުރާ ވިޔަފާރިތަކަށް ޕޭމެންޓްގެ ފަސް ޕަސެންޓް އަނބުރާ ލިބޭނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.
މިއީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް ކުރިއަށްދާ ޕްރޮމޯޝަނެކެވެ.
އުރީދޫގެ އެމް-ފައިސާއަކީ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ހުރެ ވެސް ޑިޖިޓަލްކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.