ޚަބަރު

215 ކިލޯގެ ޑްރަގް މައްސަލައިގައި، ޝާކިރާއި ނިމާލްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފިއެވެ.

Ads by STELCO

ދައުވާ ކުރަން ފޮނުވައިފައި ވަނީ ރ. މަޑުއްވަރީ ފިނިފަރު، އަލީ ޝާކިރާއި އެ ރަށު ފެހިއަލި، ނިމާލް އަބްދުލްހާރިސްގެ މައްޗަށެވެ.

މި ދެމީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމަށް ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން އަމުރުކޮށްފައެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 14ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

އަލީ ޝާކިރާއި ނިމާލްގެ މައްޗަށް އުފުލައިފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ޝާކިރުގެ މައްޗަށް ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ ދައުވާ ކޮށްފައި ވެއެވެ.

ފުލުހުން މި މަސްތުވާތަކެތި އަތުުލައިގަތީ، ފަޅުރަށެއް ކަމަށްވާ ރ. ޅާނބުގަލި ކިޔާ ފަޅުރަށެއްގައި ފޮރުވައިފައި ހުއްޓައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!