ދުނިޔެ

އަފްޣާނިސްތާނުގައި މަހްރަމަކާ އެކު ނޫނީ އަންހެނުންނަށް ދަތުރު ނުކުރޭ ގޮތަށް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިގު ރާސްތާ ދަތުރުތަކުގައި ގާތްތިމާގެ ފިރިހެނަކު ގޮވައިގެން ނޫން ގޮތަކަށް ދަތުރު ނުކުރެވޭނެ ކަމަށް އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންގެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.

Ads by WAMCO

އާދީއްތަ ދުވަހު މިނިސްޓްރީ ފޮރ ދަ ޕްރޮމޯޝަން އޮފް ރިވެތި އެންޑް ޕްރިވެންޝަން އޮފް ވައިސްއިން ނެރެފައިވާ މި އުސޫލުގައި، ހުރިހާ ވެހިކަލްތަކުގެ ވެރިފަރާތްތަކުން ވެސް ހަމައެކަނި ބުރުގާ އަޅައިގެން ތިބޭ އަންހެނުންނަށް ސަވާރީ ދިނުމަށް ވަނީ ގޮވައިލައިފައެވެ.

"45 މޭލު (72 ކިލޯމީޓަރަށް) ވުރެ ދިގު ރާސްތާއެއް ކަޑައްތުކުރާ އަންހެނުންނަށް އާއިލާގެ ގާތް މީހަކު ގޮވައިގެން ނުދާ ނަމަ ސަވާރީއެއް ދީގެން ނުވާނެ،" މިނިސްޓްރީގެ ތަރުޖަމާނު ސާދިގު އާކިފް މުހާޖިރު އެ ބަޔާނުގައި ވިދާޅުވިއެވެ.

އަފްޣާނިސްތާނުގެ ޓީވީ ޗެނަލްތަކުން އަންހެން އެކްޓަރުން ދައްކުވައިދޭ ޑްރާމާތަކާއި ސޯޕް އޮޕެރާތައް ދެއްކުން ހުއްޓާލުމަށް އެ މިނިސްޓްރީން މީގެ ހަފްތާއެއް ކުރިން ވަނީ އަންގައިފައެވެ. އަދި އަންހެން ޓީވީ ނޫސްވެރިން ޕްރެޒެންޓް ކުރާއިރު ބުރުގާ އަޅައިގެން އުޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ.

Ads by Ooredoo
  1. ހޮޮލެ

    ރަސޫލާ ސއވ ގެ ހަދީޘް އިން ވެސް ސާބިތުވޭ ހިލޭ ފިރިހެނަކާ އަންހެނަކު އެކަހެރި ނުވެވޭނެ ކަމަށް.
    ކީއްވެތަ ޖަހަން ނުކެރެނީ ”” ޤުރުއާނާއި ހަދީޘް އިންވެސް އެކަހެރި ނުވެވޭނެ ގޮތަށް ތާލިބާނުން ފާސް ކޮށްފިއޭ””

    • ޜިޔާ

      ގުރުއާނުގައި ނެތް ނަމަވެސް ނަބިއްޔާގެ 3 ހަދީސް ފުޅެއްގައި ވޭ. ޢޭގައި ދަތުރަށްހޭދަވާ ވަގުތަށް ރިއާޔަތްކޮށްފަ އިލްމުވެރިން އިޖުމާއުވެފައިވޭ ދަތުރު ކުރެވޭނެ ކަމަށް ވެސް. ނަމަވެސް މިވަގުތު އަފްގާންގެ ހާލަތު އެއޮތީ މައްކާފަތާހަކުރެއްވި ދުވަސްވަރު އޮތްހާލަތަށްވުރެވެސް ނިކަމެތިކޮށް. ޢެއްވެސް ނިޒާމެއް ހަމައެއް ނެތިފަ އެހެންކަމުން މިވަގުތު އެތަނުން އެ ނެރުނު އުސޫލަކީ އެންމެ ރަނގަޅު އުސޫލުކަމަށް ދެކެން.