ޚަބަރު

މަސައްކަތް ކުރަމުން ދަނިކޮށް ބިދޭސީއަކު ވެއްޓި މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކ. ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަނިކޮށް، ބިދޭސީއަކު ވެއްޓިގެން ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވެއްޖެއެވެ.

Ads by Sosun Fihaara

އައިޖީއެމްއެޗް ހޮސްޕިޓަލަށް އޭނާ ގެނައި އިރު ވެސް. މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އޭނާ ހޮސްޕިޓަލަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 9:53 ކަންހާއިރުއެވެ.

ފުލުހުން ވިދާޅުވީ، އިމާރާތް ކުރަމުން ދިޔަ ތަނެއްގެ މަތިން ބަނގްލަދޭޝް ފިރިހެނަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ހެނދުނު 9:30 ހާއިރު ލިބުނު ކަމަށެވެ. އަދި އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ،

މިކަމާ ގުޅިގެން ފުލުހުން އަންނަނީ ބަލަން ޖެހޭ ކަންތައްތައް ބަލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!