ބޮލީވުޑް

ކޮވިޑް-19ގެ ވޭދަނަތައް އިތުރުވެ ދިއްލީގައި ސިނަމާ ހޯލްތައް ބަންދުކުރަނީ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން

އިންޑިއާގެ ވެރިރަށް ދިއްލީގައި ކޮވިޑް ވޭދަނަތައް އިތުރުވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިނަމާ ހޯލްތައް ބަންދުކުރަން ނިންމައިފިއެވެ.

Ads by Sosun Fihaara

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވަނީ އެ ސިޓީގައި ކޮވިޑް-19ގެ އޯމައިކްރޯން ވޭރިއެއަންޓު ފެތުރެމުންދާތީ ހަރުކަށި ފިޔަވަޅުތަކެއް އިއުލާން ކުރައްވައިފައެވެ. ފާއިތުވެދިޔަ ހަފުތާތަކުގައި އިންޑިއާއިން ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފަށާފައިވާއިރު، ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޕީކް ފެންނާނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އަންގާރަ ދުވަހު ، ކެޖްރިވާލް ވަނީ 50 އިންސައްތަ ކެޕޭސިޓީގައި ކުރިން އޮޕަރޭޓްކުރަމުން ދިޔަ ސްޕާތަކާއި ޖިމްތަކާއި ސިނަމާ ހޯލްތައް ބަންދުކުރާނެކަން އިޢުލާނުކުރައްވައިފައެވެ. މިކަން ހާމަކޮށްފައި މިވަނީ މިދިޔަ ދެ ދުވަހު ގައުމީ ކެޕިޓަލްގައި 0.5 ޕަސެންޓަށް ވުރެ މަތިން ޕޮޒިޓިވިޓީ ޓެސްޓް ރޭޓް ހުރި ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައި ވަނިކޮށެވެ.

މިކަން ވެގެން ގޮސްފައިވަނީ ފިލްމު އުފައްދާ ފަރާތްތަކާއި ތިއޭޓަރުތަކުގެ އޯނަރުންނާއި އެގްޒިބިޓަރުންނާއި ޑިސްޓްރިބިއުޓަރުންނަށް ލިބުނު ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައެވެ. 50% ކެޕޭސިޓީ ރޫލް އޮތް ނަމަވެސް މީހުން އަނބުރާ ތިއޭޓަރުތަކަށް ގެނައުމުގައި ސިނަމާތަކުގައި އުޅުނީ ހަމައެކަނި ސޫރިއާވަންޝީ، ސްޕައިޑަރ މޭން: ނޯ ވޭ ހޯމް، އަދި ޕުޝްޕާ ފަދަ ފިލްމުތަކުންނެވެ.

މިހާރު ދިއްލީ ސަރުކާރުން ސިނަމާ ހޯލްތައް ބަންދުކުރަން އިއުލާންކުރުމާ އެކު، ރަންވީރު ސިންގް ލީޑްރޯލް ކުޅެފައިވާ ފިލްމު 83އާއި ޝާހިދު ކަޕޫރު ލީޑްރޯލު ކުޅޭ ޖާޒީ އަދި ޕާން-އިންޑިއާ ފިލްމު އާރްއާރްއާރް ފަދަ ކުރިއަށް ހުރި ފިލްމުތަކުގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރާނެއެވެ. އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ރާމް ޗަރަން، ޖޫނިއާ އެންޓީއާރް އަދި އާލިއާ ބަޓްގެ އިތުރުން އަޖޭ ދޭވްގަން ވެސް ފެނިގެންދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!