ހިއްކާ ބިންތަކުގެ 35 އިންސައްތަ ދައުލަތަށް ލިބޭ ގޮތަށް އިސްލާޙް ކުރަނީ

ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި އޮތް ބިމެއް، ދައުލަތުން ޚަރަދުކޮށްގެން ހިއްކާ ނަމަ، އެ ބިމުގެ 35 އިންސައްތަ ދައުލަތަށް ލިބޭ ގޮތަށް ޤާނޫން އިސްލާޙް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ހުށަހަޅައިފިއެވެ.
ބޮންޑޭ ޑްރާފްޓްކުރި ބިލުގައި ވާގޮތުން، ދައުލަތުން ހަރަދުކޮށްގެން ހިއްކާ ބިންތަކުގެ މަގުތަކާއި އާއްމު ތަންތަން ކަނޑައިފައި ބާކީ އޮންނަ ބައިގެ 35 ޕަސެންޓް ބޭނުންކުރާނެ ގޮތް ކަނޑައަޅައި އެކަން ތަންފީޒުކުރުމުގެ ބާރު ދޭނީ ޕްލޭނިން މިނިސްޓްރީއަށެވެ.
ބޮންޑޭ ހުށަހެޅި އިސްލާހްގައި ބުނެފައި ވަނީ، ގޯތި ދޫކުރުން ނުވަތަ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށާއި ވިޔަފާރި މަސައްކަތްކުރުމަށް ނުވަތަ އެހެން ވެސް ބޭނުމަކަށް އެ ބިން ބޭނުންކުރެވިދާނެ ކަމަށެވެ.
މިފަދަ އިސްލާހެއް ހުށަހަޅައިފައި ވަނީ، ހުޅުމާލެއިން ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިޓީ ކައުންސިލާއި އެޗްޑިސީއާ ދެމެދު ދެބަސްވުން އުފެދި ކޯޓުގައި އެ މައްސަލަ ވަނިކޮށެވެ.
ހިއްކާބިންތައްް ބޮންޑޭގެެ މިލްކިއްޔާތަކައްތަަ ހަދަންވީތަަ