ޚަބަރު

ސަރުކާރުގެ ފެނާއި ނަރުދަމާގެ ވަޢުދު ފުއްދުމުގެ އެންމެ ފަހު މަރުޙަލާގެ މައި ޙިއްސާދާރަކަށް ވެސް ފެނަކަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަރުކާރުގެ ފެނާއި ނަރުދަމާގެ ވަޢުދު ފުރިހަމަކުރުމުގެ ގޮތުން، އެ ޚިދުމަތްތައް ޤާއިމްކުރެވިފައި ނެތް ރަށްރަށުގައި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ޙަވާލުކުރައްވާފައި ވަނީ ފެނަކައާއެވެ.

Ads by STELCO

ފެނައިން ވިދާޅުވީ، މިއީ ހުރިހާ ފަރާތްތަކުން ވެސް، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ދާއިރާގައި ފެނަކައިގެ ޙިއްސާ ބަލައިގަނެ، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކުންފުންޏަށް ލިބިފައި ވާކަމުގެ ހެއްކެއް ކަމަށް ފެނަކައިން ޤަބޫލު ކުރާ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

ފެނަކައިގެ ތާރީޚުގައި މިހައިތަނަށް ޙަވާލުވި އެންމެ ބޮޑު މަޝްރޫޢު ކަމުގައި މިމަޝްރޫޢު ވެގެން ގޮސްފައި ވާއިރު، ފުރިހަމަގޮތުގައި އަވަސްކަމާ އެކު މަސައްކަތް ނިންމައި، މިދާއިރާއިން ނަމޫނާ ދެއްކުމަށް ފެނަކަ އޮތީ ސާބިތުކަމާއެކު ތައްޔާރުވެފައެވެ. 600 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު މިމަޝްރޫޢު ކަނޑައަޅައި އެއްބަސްވެފައިވާ ތާރީޚަށް ވުރެ ކުރިން ނިންމައި، ފެނާއި ނަރުދަމާގެ ޒަމާނީ ނަމޫނާ ނިޒާމްތަކެއް ވުޖޫދު ކުރުމަށް ފެނަކައިން ވަނީ އަމާޒު ހިފައިފައެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަށް ފެނާއި ނަރުދަމާގެ ނިޒާމުތަކެއް ގާއިމް ކުރުމަށް ލިބިގެން ދިއުމަކީ، އަލަށް ގާއިމްކުރެވޭ ނިޒާމްތަކުން، ޒަމާނީ ފަންނުވެރި ކަމުގެ އީޖާދީ ވިސްނުމާއެކު އައު ހަރުފަތަކަށް ޚިދުމަތް ފުޅާކޮށް، ދެމެހެއްޓެނިވި ޚިދުމަތްތަކެއް ކަށަވަރު ކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ބިންގަލެކެވެ.

  1. ފޯސް

    ކޮން ނަރުދަމާއެއްގެ ވައުދެއް ފުއްދާ ވާހަކައެއް މު ދައްކަނީ، ރޔާމީން ނަރުދަމާ އަޅުއްވައިދެއްވާފަ ވާ ރަށްތައް ވެސް މި ދޮގު ސަރުކާރުގެ ދޮގު ނަރުދަމަިގެ ތެރޭގާ އެބަ ހިމަނާ މި ވަރުގެ ބޮޑެތި ދޮގުތައް ނުހެދިއަސް ފުދިދާނެ ނޫންބާ މިބައިގަނޑު ހީކުރަނީބާ މީދެން މާމޮޅު ބައެއް ކަމަށް މީބައިގަނޑު ހަދާ ދޮގުތަކަކީ ކޮއްމެވެސް ދުވަހަކުނ ޒިންމާ ނަގަން ޖެހޭނެ ދޮގު ތަކެއް، ލަދެއް ބިރެއް ފިތެއް ހުރި ބައެއް ނޫން މީކީ.