ޚަބަރު

ދަރަނި ނުނެގި ނަމަ ރައްޔިތުން ގިނަ ދުވަހު ދަތީގައި އުޅެން ޖެހޭނެ: އަމީރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ހާލަތާ އެކު ދަރަނި ނުނެގި ނަމަ ރާއްޖޭގެ އިގުތިސާދު ރަނގަޅުވާން ދިގު މުއްދަތެއް ނަގާނެ ކަމަށާއި ދަރަނި ނުގެނި ނަމަ ރައްޔިތުން ގިނަ ދުވަހު ދަތީގައި އުޅެން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާލުވެއްޖެއެވެ.

Ads by MWSC

އަމީރު މިހެން ވިދާޅުވީ ރާއްޖޭގެ 23 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ކުރުމަށް ކުންފުނިތަކާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، އިޤްތިޞާދު މަޑުޖެހި ދައުލަތުގެ އާމްދަނީ މަދުވެގެން ދިޔަ ވަގުތުގައި ސަރުކާރުން ބެލީ ދަރަނި ނަގައިގެން ނަމަވެސް އިޤްތިޞާދު ހިފަހައްޓައި އިޖްތިމާއީ ރައްކާތެރިކަމާއި ރައްޔިތުން މިދަތި ހާލަތުން ވީއެންމެ އަވަހަށް ސަލާމަތްކުރެވޭތޯ ކަމަށެވެ.

އަމީރު އިތުރަށް ވިދާޅުވީ، ކޮވިޑާ އެކު މިދިޔަ އަހަރު ދައުލަތުގެ ޖުމްލަ ހަރަދު ބޮޑުތަނުން ކުޑަކުރި ކަމަށެވެ. ނަމަވެސް އިގުތިސާދު ހުއްޓި ދައުލަތުގެ އާމްދަނީ އަންދާޒާކުރި މިންވަރަށް ވުރެ 50 ޕަސެންޓް ދަށްވި ކަމަށާއި އެއާ އެކު ދައުލަތުގެ ދަރަނި މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވި ކަމަށެވެ.

"މި ހާލަތުގައި ވެސް ދަރަނި އިތުރު ނުކުރުމަށް ވަކާލާތުކޮށް ބައެއް ފަރާތްތަކުން ވާހަކަދެއްކި. ނަމަވެސް އަޅުގަނޑު ޤަބޫލުކުރަނީ ހުރިހާ ދަރަންޏެއް އެއް މިންގަނޑަކުން ވަޒަންކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް. އިޤްތިޞާދީ ފަހި ދުވަސްތަކުގައި ދަރަނި ދަށްކުރުމަށް މަސައްކަތްކުރުމަކީ އޮންނަކަމެއް. އަދި އިޤްތިޞާދީ ކާރިސާތަކުގެ ތެރޭގައި ދަރަނި ނަގައިގެން ވެސް ޚަރަދުތައްކޮށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކަށް ބުރޫނާރައި ކުރިއަށް ގެންދިއުމަކީ ވެސް ހާލަތުގެ ގޮތުން އެންމެ ރަނގަޅު މަގަށްވެގެންދޭ." އަމީރު ވިދާޅުވިއެވެ.

Ads by Ooredoo
  1. ޚަނބިލި

    ކަންކަން މެނޭޖުކުރަން ނޭގޭ ގަމާރުން ކަމަކާ ހަވާލު ވީ މާދެން ވާނީތިޔަހެން ބޯގޯސް

  2. ބުއްރާސް

    ތި ކިއާދަރަންޏެއް ނެގީމާ ރައިއްޔަތުން މި ތިބީ ދަރައިގެން ބޯކޮޅު ނުހިކިފާ ގައުމު މިއޮތީ އަޅުވެތި ވެފާ،
    ހިސާބަށްވުރެ ގަމާރުވީމާ ވާނެ ހައެތި މި ވަނީ، އަމިއްލަ ބައިގަނޑަށް ދީފަ ގައުމަށް ކޮށްދެވޭނެ ކަމެއް ނެތް.