ވިޔަފާރި

ދިރާގުން 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮންމެ އަހަރަކު ވެސް ތަފާތު ކޮންސެޕްޓްތަކަކަށް ކަލަންޑަރު ނެރެމުން އަންނަ ދިރާގުން 2022ވަނަ އަހަރުގެ ކަލަންޑަރު ރާއްޖެގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ޚާއްޞަކޮށްފިއެވެ.

Ads by Sosun Fihaara

ފަތުރުވެރިކަމުގެ ސިނާޔަތުގެ ތަރައްގީގައި ފާހަގަކޮށްލެވޭ 12 ލަނޑުދަނޑިއަކަށް އަލިއަޅުވައިލައި ފަރުމާކޮށްފައިވާ މި ފުރިހަމަ ކަލަންޑަރު ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމަށް ދިރާގުން މިއަދު ވަނީ ހަދިޔާކޮށްފައެވެ.

"ދިރާގަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް. ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ މުއާޞަލާތީ ޚިދުމަތްދޭ ކުންފުނީގެ ހައިސިއްޔަތުން ބޭރު ދުނިޔެއާއި ރާއްޖެ ގުޅުވައިލުމުގައި މުހިންމު ދައުރެއް ވަނީ އަދާކޮށްފައި. 2022ވަނަ އަހަރުގެ ދިރާގު ކަލަންޑަރު ފަތުރުވެރިކަމުގެ ރަން އަހަރަށް ޚާއްސަކުރި ކަމީ ދިރާގާއި ފަތުރުވެރިކަމުގެ ޞިނާއަތާ އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް. އަދި މިކަލަންޑަރު ފަރުމާ ކުރުމުގައި ފަތުރުވެރިކަމުގެ މުޙިއްމު މަރުޙަލާތައް ދައްކުވައިދީފައި ވާތީ މި ކަލަންޑަރު ފަތުރުވެރިކަމުގެ ރަން އަހަރާ ވަރަށް ގުޅޭ. ދިރާގާއި ޓޫރިޒަމް މިނިސްޓްރީއާ ބާއްވަމުންދާ ޚާއްސަ ގުޅުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން." ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުޞޫމް ވިދާޅުވިއެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރ ޢަލީ ރިޔާޒު ވިދާޅުވި ގޮތުގައި ދިރާގުން 2022ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ޙާއްސަކުރުމަށް ނިންމީ ފާއިތުވެދިޔަ 50 އަހަރުގެ ކާމިޔާބު އަހަރުގެ ތަރައްގީ ފާހަގަކޮށް މި ދައިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތް އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ދިރާގަކީ އަބަދުވެސް ރާއްޖޭގެ އެކި ސިނާޔާތްތަކުގެ ކުރިއެރުން ފާހަގަކޮށް އެ މަސައްކަތުގެ އަގު ވަޒަން ކުރަމުން އަންނަ ދިވެހި މުއާސަލާތީ ޚިދުމަތްދޭ ކުންފުންޏެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!