ޚަބަރު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ކެނޑިޑޭޓުންގެ ނަންތައް ތަރުުތީބުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލައްވައިފައިވާ ތިން ކެނޑިޑޭޓުންގެ ކެނޑިޑޭޓް ނަންބަރުގެ ގުރު ނެގުން ކުރިޔަށް ގެންގޮސްފިއެވެ.

Ads by STELCO

މިރޭ ނެގި ގުރުގައި، ކެނޑިޑޭޓް ނަންބަރު އެކެއް ލިބިލެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށެވެ. ދެވަނަ ނަންބަރު ލިބިލެއްވީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއަށެެވެ. އެމްއެންޕީގެ ކެންޑިޑޭޓް ހަންނާނަށް ލިބިލެއްވީ ކެނޑިޑޭޓް ނަންބަރު ތިނެކެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑުއާއި ފޯކައިދޫގެ އިތުރުން މަރޮށްޓެވެ. އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ފެބްރުއަރީ ފަސްވަނަ ދުވަހުއެވެ.

Ads by Allied Insurance
  1. ޢެމްއެންޕީ

    ލިބިވަޑައިގަތީ ހަމައެކަނި މިޕާރޓީ އަށް.

    • ޕާޓީ

      އެހެން ޕާޓީތަކަށް ލިބުނީ. އެމް.އެން.ޕީއަށް ލިބިވަޑައިގަތީ. ލިޔުނު މީހާގެ ދިވެހިބަހުގެ ފެންވަރު.

    • އެބުނާހެން. ދެންތިބި ދެގޮޮލާއަށް ލިބުނީ. ލިބިވަޑައި ގަތީ ހަންނާނަށް ލޮލް