ޚަބަރު

65 ގޮނޑި ދިނުމުން ނުވި ކަމެއް، ކޮމަންޑޫ ދާއިރާ ދީގެން އެމްޑީޕީއަކަށް ވަކި ނުވާނެ: ފަތުހީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓްދޭން ވާނީ ޤައުމީ ފިކުރުގައި ނިކުމެ ތިބި ޕީޕީއެމްގެ ކެނޑިޑޭޓަށް ކަމަށާއި، ސްޕަ މެޖޯރިޓީއާ އެކު 65 ގޮނޑި ދިނުމުން ހާސިލް ނުވި ކަމެއް، ކޮމަންޑޫ ދާއިރާގެ ގޮނޑި ލިބުމުން ވަކި ހާސިލް ނުވާނެ ކަމަށް އިދިކޮޅުން އެ ގޮނޑިއަށް ވާދަ ކުރައްވާ ކެނޑިޑޭޓް މޫސާ ފަތުޙީ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ ޕީޕީއެމްގެ އޮފީހުގައި ކުރިޔަށް ދިޔަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަތުހީ ވިދާޅުވީ، މިއަދު ދިވެހި ރާއްޖެ މިއޮތީ ނުރައްކަލެއްގައި ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުން އިދިކޮޅަށް ދޭން ވާނީ، ބޮޑުތަކުރުފާނުގެ ޖިހާދަށް ދެއްވި ފަދަ އެއްބާރުލުމެއް ކަަމަށް ފަތުހީ ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ދަތުރު ކުރަން ޖެހިފައި ވަނީ، ހަމަ އެފަދަ އަޒުމަކާ އެކުގައި، އެފަދަ ނުރައްކާތަކުން ރައްކާތެރި ކުރުމަށް ޓަކައި" އިންޑިއާއަށް އިޝާރާތް ކުރައްވަމުން ފަތުހީ ވިދާޅުވީ، މިއަދު ވެސް ދިވެހި ރާއްޖެއަށް ބޭރުގެ ބައެއްގެ ކިބައިން ބޮޑު ނުރައްކަލެއް އެބައޮތް ކަމަށެވެ.

ފަތުހީގެ ވާހަކަފުޅުގައި ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ ބޮޑު އިންތިޚާބެއް ކަމަށެވެ. އަދި މިއީ ޤައުމު ސަލާމަތް ކުރުމަށް ޓަކައި، އަދި އަމާން އައްސޭރިއަކަށް ގެންދިއުމަށް ޓަކައި އެޅޭ ވަރަށް ބޮޑު ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ. އަދި އޭނާ ވާދަކުރައްވަނީ ބޮޑު ބިޔަ ޤައުމަކާ ވެސް ދެކޮޅަށް ކަމަށާއި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ގެއްލޭނެ ޖާގަ ނުދިނުމަށް ވެސް މި ގޮނޑި އެމްޑީޕީއަށް ނުދޭން އަޒުމް ކަނޑައަޅަން ޖެހޭކަމަށް ވެސް ފަތުޙީ ވިދާޅުވިއެވެ.

"ތަރައްޤީގެ ނަމުގައި ވިހަ އަޅުގަނޑުމެން ބަލައިގަނެގެން ނުވާނެ. އަޅުގަނޑުމެން އިސްލާމީ އުސޫލުތަކާއި ވަތަނީ އުސޫލުތައް ޤުރުބާންކޮށްފައި ލިބޭ އެއްޗަކީ އެއީ ތަރައްޤީކަމަށް ޤަބޫލުކޮށްގެން ނުވާނެ" ފަތުހީ ވިދާޅުވިއެވެ.

"އެއީ މި ރާއްޖޭގެ އިސްލާމީ ވަތަނީ ފިކުރު އަލުން ދިރުވައި އާލާ ކުރުމަށް ޓަކައި ތިޔަ ބޭފުޅުންނަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތޭ. މި ޤައުމުގެ ވަރަށް ގިނަ ފަރާތްތަކުގެ އުންމީދަކީ ފޯކައިދުއާއި މަރޮއްޓާއި ކޮމަންޑޫގެ ރައްޔިތުން އަޅުގަނޑުމެންގެ މިމަސައްކަތުގައި ބައިވެރިވަޑައިދެއްވުން."ފަތުހީ ވިދާޅުވިއެވެ.

Ads by Ooredoo
  1. ކޮސްބެ

    އާދެ! ކަލޭމެން ކޭވަރަށް ލާރިއެއް ނުކެވުނު. އެއީ ނުވިކަމެއް.

    • ޮސ ކޮސްބެގެ ފޭން

      ކޮސްބެ ދެން ބުނެދޭންވީނު ތި ބުނާ ލާރި ނުކާ މީހުން މިޤައުމަށް ކޮށްދިން ކަމެއް…

  2. ޢަވާމެނދުރު

    ކޮންކަމެތްބާކޮންނުދެވެނީ މިހާރުވެސް ދަރަނިބޮޑުކަމުން ގައުމު ަޑިއަންދަނޭ އެކަމަކުވެސްވޯޓުގެ ދަހިވެތިކަމުގާ އަދާނުކޮން ދަރަނީދަރަނިދޭމޭުންވެސްތިބެނީ ރޭދުވާ ވަކިކުރަންނޭގިފާބަ

  3. ޞައްދާމު

    މިހާރުވެސް 4 ޕްރޮޖެކްޓް މިސަރުކާރުން ހިންގަމުން އެބަގެނދޭ! ލަދު ނުގަތުމަކީވެސް ކަމެއް!