ދުނިޔެ

42 އަހަރުގެ އަންހެނެއް މަރައިލުމުގެ ފަހަތުގައި ފިރިމީހާއާއި އަންހެން ދަރިފުޅު!

ރައުފާ ރަޝީދު ، ދެން އޮންލައިން

ބެންގަލޫރުގައި 42 އަހަރުގެ އަރްޗަނާ ރެޑީ ނަމަކަށް ކިޔާ އަންހެނެއް މަރައިލުމުގެ ފަހަތުގައި ފިރިމީހާއާއި އަންހެން ދަރިފުޅުގެ އަތެއް ވާކަމަށް ބެންގަލޫރުގެ ފުލުހުން ބުނެފިއެވެ.

Ads by WAMCO

ފުލުހުން ބުނީ އަރްޗަނާ ރެޑީގެ ފުރަތަމަ ފިރިމީހާއާ އިނދެގެން ލިބުނު 21 އަހަރުގެ އަންހެން ދަރިފުޅު އޭނާގެ ދެވަނަ ފިރިމީހާ ނަވީން، 33،އާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އަރްޗަނާގެ މަރުގެ މައްސަލައިގައި މުދަލުގެ ދަހިވެތިކަމުގެ އިތުރުން ލޯބީގެ މައްސަލައެއް ވެސް އެބައޮތް ކަމަށެވެ. އަދި އެ މައްސަލައިގައި ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އުމުރުން 21 އަހަރުގެ އަންހެން ދަރިފުޅު ޔުވިކާ ރެޑީ ޑިމާންޑް ކުރަމުން ދިޔައީ އޭނާގެ މަންމަ ބައިވެރިވާން ބޭނުން ނުވާ ކާބަފައިންގެ މިލްކިއްޔާތުގައި އޭނާގެ ހިއްސާ އޮންނަ ގޮތަށް ހަދަން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ޔުވިކާ، ނަވީން އަދި އޭނާގެ އެހީތެރިން ކަމަށްވާ ސަންތޯޝް ކުމާރު (29އ)އާއި އަނުޕަމް ސިންގާ (24އ)އާއި ނަރެންދްރަ (30އ) އަދި އާނަންދު (29އ) ހިމެނެއެވެ.

ފުލުހުން ބުނީ އަރްޗަނާއަކީ މުއްސަނދި އާއިލާއަކުން އައި މީހެއް ކަމަށާއި ވަރަށް ގިނަ މުދާ އޭނާގެ މިލްކިއްޔާތުގައި ހުރި ކަމަށެވެ. އަދި ޔޫވިކާއާއި ނަވީން އެކަން ކުރީ ފައިސާއަށްކަން ސާފުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!