ބޯވަ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަނީ

ބޯވަ ނަގަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ކ.ގުޅިފަޅު ކައިރިއަށް ބޯވަހިފަން ފޭބި 21އަހަރުގެ ދިވެއްސަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:58ހައިއިރުއެވެ.
އެންމެ ފަހުން އޭނާ ލައިގެން ހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މަޢުލޫމާތު ލިބޭކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

Ads by Allied Insurance