މި އަންނަ އަހަރު ހުރިހާ ދުވަހަކު ކައިވެނި ކޮށްދޭނެ

އަންނަ އަހަރު ހުރިހާ ދުވަހަކު ކައިވެނިކޮށްދޭން ނިންމައިފައިވާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް މިއަދު އެ ކޯޓުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ރަސްމީ އަދި ނުރަސްމީ ގަޑީގައި އަދި ކޯޓާއި ކޯޓުން ބޭރުގައި ވެސް ކޮންމެ ދުވަހަކު ކައިވެނި ކޮށްދޭނެ ކަމަށެވެ.
ކޯޓުން ކުރި އިއުލާނުގައިވާ ގޮތުގައި ރަސްމީ ގަޑީގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން މެންދުރު 1:30 އަށެވެ. އަދި ނުރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދެނީ ހަވީރު 4:00އިން ރޭގަނޑު 9:30އަށެވެ.
މީގެ އިތުރުން ރަމަޟާން މަހު ރަސްމީގަޑީގައި ކައިވެނިކޮށްދޭނެ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށް އެ ކޯޓުން ހާމަ ކުރެއެވެ.